
-
ކީރިތި ޤުރްއާން ހިތުދަސްކުރާ ދަރިވަރުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ޙާފިޒުން އިމްތިޙާނު ކުރުމުގެ ނިޒާމް އިތުރަށް ފުޅާކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

މި ބަދަލާއެކު، އެއް ވަގުތެއްގައި ގިނަ ދަރިވަރުންނަށް އިމްތިޙާން ކުރިއަށް ގެންދިއުމުގެ މަގު ފަހިވެގެންދާނެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވި ގޮތުގައި، މި ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ޙާފިޒުން އިންތިޙާން ކުރާ ކޮމިޓީތަކުގެ ޢަދަދު އިތުރުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިއީ ޤުރްއާން ހިތުދަސްކޮށްގެން ނިމޭ ދަރިވަރުން އިމްތިޙާނުވުމަށް އިންތިޒާރު ކުރަންޖެހޭ މުއްދަތު ކުރުކޮށް، ވީހާވެސް އަވަހަށް އެކަން ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މިނިސްޓްރީގެ މި ނިންމެވުމުގެ ސަބަބުން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ހިންގުން އިތުރަށް ހަލުވިވެ، ރާއްޖޭގައި ޙާފިޒުން އުފެދޭ ނިސްބަތް އިތުރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި އަތޮޅުތަކުންނާއި މާލެއިން ޤުރްއާން ހިތުދަސްކުރާ ދަރިވަރުންނަށް އެއްވެސް ދަތިކަމެއް ނެތި އިމްތިޙާނު ފުރިހަމަކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.
ސަރުކާރުން ދީނީ ކަންކަމަށް ދޭ އަހައްމިއްޔަތުކަމުގެ ދަށުން، ޚާއްޞަކޮށް ކީރިތި ޤުރްއާން އުނގަންނައިދިނުމާއި ހާފިޒުން ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތައް މިހާރަށްވުރެ ފުޅާކޮށް، މަރުކަޒުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުންހުރި

ޙާފިޒުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރަނީ

ކޯހެއްގެ ފާހެއް ނެތަސް އިމްތިޙާނަކުން ފާސްވެގެން އިމާމުކަން ކުރެވޭ އައު ނިޒާމެއް ތައާރަފްކުރަން މަޝްވަރާކުރަނީ

ހަދީޘް ހިތުދަސްކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި




