
ހުޅުދޫ ކައުންސިލާ ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައި އިސްލާމީ ދާއިރާއިން ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
# އިސްލާމިކް މިނިސްޓްރީ-
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އައްޑޫ ސިޓީ ހުޅުދޫ ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ވަޒީރު ޑރ. ޝަހީމް އަންގާރަ ދުވަހު އައްޑޫ ސިޓީއަށް ކުރެއްވި މި ޒިޔާރަތަކީ، އޮނަރަބަލް މުޙައްމަދު ޞާލިޙުގެ ދީލަތި އެހީތެރިކަމާއެކު އައްޑޫ ހުޅުދޫގައި ބިނާކުރައްވާފައިވާ އައު މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.
ހުޅުދޫ ކައުންސިލާއެކު ބޭއްވެވި މި ޚާއްޞަ ބައްދަލުކުރެއްވުމުގައި، އިސްލާމީ ދާއިރާއިންނާއި ދީނީ ކަންކަމާ ގުޅިގެން ކައުންސިލަށް ކުރިމަތިވަމުންދާ އެކި އެކި ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ވަޒީރު ވަނީ ވަރަށް ގާތުން ސާފުކުރައްވާފައެވެ. އަދި ހުޅުދޫގެ ދީނީ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކައުންސިލާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްް އޮތް ތަނުގައި ކުރެވިދާނެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
މިސްކިތް ހުޅުވުމުގެ މި ދަތުރުފުޅުގެ ތެރެއިން ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާއި، ހުޅުދޫ ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. ވަޒީރު ޑރ. ޝަހީމް ވަނީ ހުޅުދޫގައި ދީނީ ކަންކަން ކުރިއެރުވުމަށް ކައުންސިލުން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ގުޅުންހުރި

ހުޅުދޫ ކައުންސިލާ ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައި އިސްލާމީ ދާއިރާއިން ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ގަން މިސްކިތް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އައްޑޫ ސިޓީ ހުޅުދޫގައި ބިނާކުރި އާ މިސްކިތް ހުޅުވައިފި




