logoEN
WAMCO TOP 1
ނަފްރަތާއި ކެހިވެރިކަމުގެ ކޯލިޝަނަށް ޕީއެންސީ ބައިބައެއް ނުކުރެވޭނެ، 2028 ގެ ރިޔާސީ ކެންޑިޑޭޓަކީ ހަމަ ރައީސް މުޢިއްޒު - ސައީދު

ނަފްރަތާއި ކެހިވެރިކަމުގެ ކޯލިޝަނަށް ޕީއެންސީ ބައިބައެއް ނުކުރެވޭނެ، 2028 ގެ ރިޔާސީ ކެންޑިޑޭޓަކީ ހަމަ ރައީސް މުޢިއްޒު - ސައީދު

އަހުމަދު ޝުރާއު

logo

6/22/2026, 2:10:52 PM

# މުހައްމަދު ސައީދު

-

ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކާ ދިމާކޮށް ޕާޓީގެ ތެރޭގައި ނުތަނަވަސްކަމެއް އުޅޭކަމަށް ދެއްކުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ރައްދުދެއްވައި، އެ ޕާޓީގެ އެންމެހާ ގޮފިތަކާއި ލީޑަރޝިޕް އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި އެއް ވިސްނުމެއްގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި އިޤްތިޞާދީ މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ސަޢީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ނުކުންނަވާނެ ރިޔާސީ ކެންޑިޑޭޓަކީ ހަމަ ރައީސް ޑރ. މުޢިއްޒެވެ. އަދި އެކަމަށް ޕާޓީގެ އެތެރޭގެ އެއްވެސް އިންތިޚާބަކުން ބަދަލެއް ނާންނާނެ ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.

ރައީސް މުޢިއްޒުގެ ޤާބިލު ލީޑަރޝިޕްގެ ދަށުން ޕީއެންސީން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވީ، އެންމެ 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި އެ ޕާޓީން ވަނީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީގެ މަޤާމު ހޯދާފައެވެ. މީގެ އިތުރުން، ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިންތިޚާބުތައް ކާމިޔާބުކޮށް، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހާސިލުކުރުމުގެ ޝަރަފުވެސް ޕީއެންސީން ވަނީ ހޯދާފައެވެ. ޕާޓީގެ ހުރިހާ މެންބަރުންނާއި ޕީޖީ ގްރޫޕުގެވެސް މައިގަނޑު އަމާޒަކީ ރައީސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމުގައި ނަތީޖާ ނެރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިޤްތިޞާދީ މައިދާނުގައި ސަރުކާރުން ހޯދި ކާމިޔާބީތައް ފާހަގަކުރައްވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ދަރަނި ދައްކައިދީ، އެންމެ ގިނަ ބިން ހިއްކައި، އަދި މުޅި ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ މަޝްރޫޢުތައް ހިންގާފައިވަނީ މި ސަރުކާރުން ކަމަށެވެ. މިފަދަ ބޮޑެތި ކާމިޔާބީތަކުގެ ހަޤީޤަތްތައް ހަޖަމުކުރަން އިދިކޮޅު ބައެއް ފަރާތްތަކަށް މިއަދު ވަރަށް ބޮޑަށް ދަތިވެގެން އުޅޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙަށް ފާޑުވިދާޅުވަމުން ސަޢީދު ވިދާޅުވީ، ޤައުމަށް މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ގޮންޖެހުމަކީ ޒިންމާދާރު ރަނގަޅު އިދިކޮޅު ޕާޓީއެއް މަސްރަޙުގައި ނެތުން ކަމަށެވެ. އިދިކޮޅު ލީޑަރުންގެ މެދުގައި މިހާރު އުފައްދައިގެން އުޅޭ "ޑިމޮކްރެޓްސް، އެމްޑީޕީ އަދި ޕީއެންއެފް" ކޯލިޝަނުން އެއްވެސް ސާފު މިސްރާބެއް ނުވަތަ ލީޑަރެއް ފެންނަން ނެތް ކަމަށާއި، އޭގެ ބަދަލުގައި އެ އިއްތިހާދުން ފެންނަނީ ހަމައެކަނި ނަފްރަތާއި ކެހިވެރިކަން ކަމަށް ވިދާޅުވެ ސަޢީދު ވަނީ އިދިކޮޅު ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC