ބަންކަރިންގެ ހިދުމަތުން މިހާތަނަށް ބިލިއަނެއްހާ ރުފިޔާ ލިބިއްޖެ
# މުހައްމަދު ސައީދު# ބަންކަރިންގ ހިދުމަތް# އިކޮނޮމިކް މިނިސްޓްރީމިނިސްޓަރު ސައީދު- ފޮޓޯ: ރައީސް އޮފީސް
ބަންކަރިން ހިދުމަތުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި ހިދުމަތުން ރަނގަޅު އާމްދަނީއެއް ލިބިފައިވާއިރު، މިއީ ކުރިން ރާއްޖެއަށް ގެންނަ ތެލުން ލިބުނު އާމްދަނީއެއް ނޫންކަމަށެވެ.
"ދެއަހަރެއް ތެރޭގައި އަދި ބަނދަރު ނެތި، ބަނދަރު ނެތި މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާއާ ހިސާބަށް މިހާރު އާމްދަނީ އިތުރުވެގެން މި އައީ. ދެން ތިޔަބޭފުޅުން އުފައްދަވާފާނެ ސުވާލެއް، ތިއީ ރާއްޖެއަށް ގެންނަ ތެލެއް ނޫންހޭ އެހެންޏާ ވެސް، ނޫން، އެހެންޏާ ގެންނަ ތެލެއް ނޫން އެއީކީ،" ސައީދު ވިދާޅުވި އެވެ.
މީގެކުރިން ބަންކަރިންގެ ހިދުމަތްކުރީ ސްރީލަންކާ އާއި ރާއްޖޭގެ އަވައްޓެރި އެހެން ގައުމުތަކުގެ ބޯޓުފަހަރު އައިސްގެންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ ތެލުގެ 85 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ މިންވަރެއްގެ ތެލަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ބާވަތެއް ކަމަށެވެ.
"މިހާރު ސީދާ ދިވެހިން މި ގެންނަނީ. ދިވެހިން މިކަން ކޮށްގެން، ދިވެހިރާއްޖޭގެ ބަންކަރިންގެ ހިދުމަތް ފެށިގެން، ސީދާ ސަރުކާރުން މީގެ ތެރޭ ހިތްވަރުދީގެން، ފުޅާ ދާއިރާގައި މި ސުވާލު ވެސް ކުރެވިގެން މިއޮއް ގޮސް ބިލިއަން ރުފިޔާއާ ހަމައަށް ދިޔައީ މިއޮއް ލިބުނު އާމްދަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބަންކަރިން ހިދުމަތުން ދައަލަތަށް 58.93 މިލިއަން ރުފިޔާ މި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނެވެ.
އެސްޓީއޯއިން މިދިޔަ މަހުގެ 22 ވަނަ ދުވަހު އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ވިއްކި އަދަދަށްވުރެ އިތުރަށް 18 މިލިއަން ލީޓަރު (113،216.6 ފީފާ) ތެޔޮ ވިއްކި އެވެ.
ގުޅުންހުރި
ބަންކަރިންގެ ހިދުމަތުން މިހާތަނަށް ބިލިއަނެއްހާ ރުފިޔާ ލިބިއްޖެ
ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ މަޝްވަރާކުރުމަށްފަހު- މިނިސްޓަރު ސައީދު

ރާއްޖެ އަސާސީ ތަކެއްޗަށް ނުޖެހޭނެކަމުގެ ޔަގީންކަން ދުނިޔޭގެ ގައުމުތަކުން ދީފި - ސައީދު




