logoEN
WAMCO TOP 1
ނޫސްވެރިކަމުގެ ހައްގުގެ ބޭނުން ހިފަންވާނީ ޝަރުޢީ ޤާނޫނީ އަމުރުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު - ސައީދު

ނޫސްވެރިކަމުގެ ހައްގުގެ ބޭނުން ހިފަންވާނީ ޝަރުޢީ ޤާނޫނީ އަމުރުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު - ސައީދު

އަހުމަދު ޝުރާއު

logo

5/11/2026, 9:17:43 AM

# މުހައްމަދު ސައީދު

-

ނޫސްވެރިކަމުގެ ހައްގުގެ ބޭނުން ހިފަންވާނީ ޝަރުޢީ ޤާނޫނީ އަމުރުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކުގައި ކަމަށް އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ،

THE TRAVELLER AD

ސައީދު މިފަދައިން ވިދާޅުވީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާއި ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ގެގް އޯޑަރާއި ހިލާފުވުމާއި ގުޅިގެން މިއަދު ރައީސް އޮފީހުގައި ރައީސުލްޖުމްހުރިއްޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދުގެ ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވަމުންދަނިކޮށް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ސައީދު ވިދާޅުވީ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް ވަނީ ޖާގަދީފައި ކަމަށާއި މިއީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސް ކަމުގައި ކަމަށެވެ. ނަމަވެސް، ލިބިފައިމިވާ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި، އޭގެ ހިޔަންޏަށް ވަދެ ތިބެ، ވާދަވެރި ސިޔާސީޕާޓީއަކުން އިދިކޮޅު ހަރަކާތްތައް ހިންގާ އުޞޫލުން ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސްއޮފީސްތެރޭ ހަޅުތާލުކުރާ މޭރުމުން ކަންކަން ކުރާ މަދު ނަމަވެސް ބައެއްް ނޫސްތަކުން ނޫސްވެރިކަމުގެ މިނިވަންކަން އެދަނީ ނަހަމަގޮތުގައި ބޭނުން ކުރަމުންކަމުގައި ސައީދު ފާހަގަކުރެއްވިއެވެ.

" ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމާ، ޤާނޫނުތައް މުގުރުމާ، ކޯޓުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫން. " ސައީދު ވިދާޅުވިއެވެ.ސައީދު ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މަޢުލޫމާތު ނުދެއްވާ މިންވަރަށް ރައީސް ޑރ. މުޢިއްޒު އެފުރުސަތު އެބަ ދެއްވާ ކަމަށާއި އެއީ ހަގީގަތް ކަމަށެވެ. އަދި އެއްވެސް އިތުރު މޮޑަރޭޝަންއަކާ ނުލާ ކޮންމެހަފްތާއަކު އެއްފަހަރު ސީދާ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ ހުޅުވާލެވިފައިވާ މާޙައުލެއްްގައި މަޢުލޫމާތު ދެއްވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތަކާއި ސިޔާަސަތުތައް ޒިންމާދާރު ނޫސްވެރިކަމުގެ ތެރެއިން ހާމަކޮށްދެއްވުމަށްކަމުގައި ކަމަށްވެސް ސައީދު ފާހަގަކުރެއްވި އެވެ.

ޕޯސްޓު ނިންމަވާލައްވަމުން ސައީދު ވަނީ ނޫސްވެރިން މި އަގުހުރި ފުރުޞަތުގެ ބޭނުން ހިފަންވާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް އަދި ޝަރުޢީ ޤާނޫނީ އަމުރުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކުގައި ކަމަށް އިލްތިމާސްކުރައްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC