logoEN
WAMCO TOP 1
ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ މަޝްވަރާކުރުމަށްފަހު- މިނިސްޓަރު ސައީދު

ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ މަޝްވަރާކުރުމަށްފަހު- މިނިސްޓަރު ސައީދު

# މާލެ ޓެކްސީ ލައިން# މުހައްމަދު ސައީދު# އިކޮނޮމިކް މިނިސްޓަރ# ޓްރާންސްޕޯޓް މިނިސްޓްރީ

މިނިސްޓަރު ސައީދު ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

ޓެކްސް އަގުތަކަށް ބަދަލު ގެންނާނީ އެކަމާ ގުޅުންހުރި ހުރިހާ ފަންތިއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށް މިނިސްޓްރާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓަރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގު އުފުލި، ރާއްޖޭގައި ތެލުގެ އަގަށް ބަދަލު އައިސްފައިވާއިރު، ޓެކްސީ އަގުތަކަށް ބަދަލު ގެނައުމުގެ ކަންބޮޑުވުން މިނިސްޓަރާ ހަމައަށް އައިސްފައިވާ ކަމަށެވެ.

ޓްރާންސްޕޯޓްގެ މެންޑޭޓާ ހަވާލުވުމަށްފަހު މި މައްސަލައިގައި ޑްރައިވަރުންގެ ފަރާތުން ސިޓީތައް ލިބިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މައްސަލާގައި ގޮތެއް ނިންމެވުމުގެ ކުރިން މިކަމާ ގުޅޭގޮތުން ކެބިނެޓްގައި ފުރިހަމައަށް މަޝްވަރާތައް ކުރައްވަންޖެހޭ ކަމަށެވެ."ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވަރުން އެދޭ ކަމަށް، ސިޓީ އައިސްފައި ހުރި އަޅުގަނޑު ހަވާލުވިއިރުވެސް. އަޅުގަނޑު ވިދާޅުވެފައި އޮތީ ސިޓީތައް ބަލާފައި ކެބިނެޓް ލެވެލްގައި އެވާހަކަ ދައްކައި އިތުރަށް ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާއި އެކު އެވާހަކަ ދައްކާނަން. އޭގެ ތެރޭގައި ޑްރަވަރުންނާއި ސެންޓަރުތައްވެސް ހިމެނޭ" މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީއާ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް އެއްކޮށްލުމުގެ އެއް ބޭނުމަކީވެސް މި ދާއިރާގައި ހުރި މައްސަލަތައް ބަލައި ހިންގުން ހަރުދަނާ ކުރުން ކަމަށް މިނިސްޓަރު ފާހަގަކުރައްވާ، ވިދާޅުވީ މިހާރުވެސް އިކޮނޮމިކް މިނިސްޓްރީ އަކީ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް އަވަހަށް ދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ތަނަކަށްވާއިރު، މިފަދަ ބަދަލުތަކެއް ޓްރާންސްޕޯޓް ދާއިރާއަށް ގެންނަންޖެހޭ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރުވަނީ ހަތަރުފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް މިހާރު ކަންކަން އިންތިޒާމުވެފައި އޮތް ގޮތުން އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ނަގާ 19 ދުވަސް ނުވަތަ 20 ދުވަސް ފަދަ ކަންކަން އަވަސް ވާނެ އިންތިޒާމުތައް ހަމަޖެއްސުން މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

"ޓްރާންސްޕޯޓާއި އިކޮނޮމިކް އެއްކޮށްލީމަ ވަރަށް ބޮޑަށް އެފިޝެންސީ އިތުރުވޭ. މިވަގުތު ކާރެއް ރަޖިސްޓްރީ ކުރަން އެބަ ނަގާ 19 ދުވަހާއި 20 ދުވަސް އެންމެ ރަނގަޅު ހާލަތެއްގައިވެސް. އެންމެ ގޯސްވެގެންދަންޏާ 2-3 މަސް ނަގާ. ކޮންމެ ގޮތެއްވިއަސް ހަތަރު ފުރޮޅު ގެންނަނީ ގެނެވޭތީ. ދެން އެ ރަޖިސްޓްރީ ނުވެވެސް އޮވެގެން ނުވާނެ. ކޮންމެވެސް ގޮތެއް ހޯދަ ދެން ޖެހޭނެ. އޭއީ ސަރުކާރުން ކުރަން ޖެހޭނެ." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.ޓެކްސީ ގަވާއިދާއި ދަތުރުފަތުރާ ގުޅޭ އެހެން ގަވާއިދުތައް ތަންފީޒުވުމުގެ މައްސަލައަށްވެސް މިނިސްޓަރު ވަނީ އިޝާރާތް ކުރައްވާފަ އެވެ. އަދި މިނިސްޓަރު ވަނީ ގަވާއިދުގެ ތެރެއިން ކަމެއް ކުރަން ހިމެނިފައިވާނަމަ އެކަން ތަންފީޒުކުރަން ޖެހޭ ކަމަށާއި، އެކަން ކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަ އެކަން ހައްލު ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.އެ މަސައްކަތް ކުރުމަށް ގައުމީ ފެންވަރެއްގައި ދަތުރުފަތުރުގެ ދައިރާގެ ހުރި މައްސަލަތައް ބެއްލެވުމަށް ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން ހުރިހާ ސަރަހައްދަކުން ކޮންސަލްޓޭޝަން ބައްދަލުވުންތަކެއް ބާއްވާ ގުޅިގެން މަސައްކަތްކޮށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް
ފަހުގެ
HDC