
ފެނަކައިގެ އެމްޑީ ޢަފީފު ލ. އަތޮޅުގެ ހުރިހާ ބްރާންޗްތަކަށް ޒިޔާރާތްކޮށް މުވައްޒަފުންނާ ބައްދަލުކޮށްފި
# ފެނަކަ ކޯޕަރޭޝަން-
ފެނަކަ ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި މުވައްޒަފުންގެ ހާލަތު ގާތުން ބެއްލެވުމަށްޓަކައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަފީފު ޙުސައިން ހައްދުންމައްޗަށް ޒިޔާރާތްކޮށްފި އެވެ.

ފެނަކައިން ބުނީ އެމްޑީގެ މި ދަތުރަކީ އަތޮޅުތެރޭގެ ރަށްރަށުގައި ފެނަކައިން ފޯރުކޮށްދޭ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ކުންފުނީގެ އެންމެހައި މުވައްޒަފުންނާ ގާތުން ބައްދަލުކުރެއްވުމަށް ކުރެއްވި މުހިންމު ދަތުރެއް ކަމަށެވެ..
އެގޮތުން މި ދަތުރުގައި އެމްޑީ މުޙައްމަދު ޢަފީފު ވަނީ ލ. އަތޮޅުގެ ޖުމްލަ 11 ރަށެއްގެ ފެނަކަ އޮފީސްތަކަށް ވަޑައިގެން، އެ ރަށްރަށުގެ ބްރާންޗްތަކުގައި ބުރަކޮށް މަސައްކަތްކުރަމުންދާ މުވައްޒަފުންނާ ވަކިވަކިން ބައްދަލުކޮށްފައެވެ. އެގޮތުން ލ.ގަން، މުންޑޫ، ކުނަހަންދޫ، މާވަށް، މާބައިދޫ، ހިތަދޫ، ފޮނަދޫ، އިސްދޫ، ދަނބިދޫ، މާމެންދޫ އަދި ކަލައިދޫ ބްރާންޗްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނަށް ދިމާވާ އެކި ދަތިތަކާއި، ކުންފުނީގެ ހިންގުމާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތައް ވަނީ ވަރަށް ގާތުން އޮޅުންފިލުއްވާފައެވެ.
މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ލ. އަތޮޅުގެ އެކި ރަށްރަށުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށްގެންދާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ހިނގަމުންދާ ގޮތް އެމްޑީ ވަނީ ސައިޓްތަކަށް ވަޑައިގެން ބައްދަލުކުރައްވައި ސީދާ ބައްލަވާލައްވާފައެވެ.
އަދި އަތޮޅުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކާއި އިންޖީނުގެތަކުގެ މަސައްކަތްތައް ހުރި ފެންވަރާއި، އެތަންތަނުގެ ހިންގުން ރޭވިފައިވާ ގޮތްވެސް މި ދަތުރުފުޅުގައި ވަނީ ވަރަށް ބޮޑަށް އިވެލުއޭޓް ކުރައްވާފައެވެ.
ގުޅުންހުރި

ސަލަފާއި ގުޅިގެން ފެނަކަ މުވައްޒަފުންނަށް "އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" ތަމްރީނު ޕްރޮގްރާމް އިފްތިތާޙުކޮށްފި

ފެނަކައިގެ އެމްޑީ ޢަފީފު ލ. އަތޮޅުގެ ހުރިހާ ބްރާންޗްތަކަށް ޒިޔާރާތްކޮށް މުވައްޒަފުންނާ ބައްދަލުކޮށްފި

ނަޑެއްލާގެ ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް 400 ކިލޯވޮޓުގެ އައު ޖެންސެޓެއް ފޮނުވައިފި




