logoEN
WAMCO TOP 1
ސަލަފާއި ގުޅިގެން ފެނަކަ މުވައްޒަފުންނަށް "އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" ތަމްރީނު ޕްރޮގްރާމް އިފްތިތާޙުކޮށްފި

ސަލަފާއި ގުޅިގެން ފެނަކަ މުވައްޒަފުންނަށް "އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" ތަމްރީނު ޕްރޮގްރާމް އިފްތިތާޙުކޮށްފި

އަހުމަދު ޝުރާއު

logo

6/20/2026, 10:27:07 AM

# ފެނަކަ ކޯޕަރޭޝަން

-

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ މަސައްކަތުގެ ހުނަރާއި އަޚުލާޤީ މިންގަނޑުތައް އިސްލާމީ ރީތި އުސޫލުތަކުގެ މަތިން ބައްޓަންކުރުމަށްޓަކައި، ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިންގ އެންޑް ރިސާޗާއި، ޖަމްޢިއްޔަތުއްސަލަފްގެ ދަށުން ހިންގާ ޢުޔޫން އިންސްޓިޓިއުޓް ގުޅިގެން "އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" މި ނަމުގައި ވަރަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

THE TRAVELLER AD

ކުންފުނީގެ މާހައުލުގައި ދީނީ އަދި އިޖުތިމާއީ ރޫހު އާލާކުރުމަށް ފެށި މި މަޝްރޫޢަކީ ފެނަކައިގެ ތާރީޚުގައިވެސް މުވައްޒަފުންގެ ސުލޫކު ރަނގަޅުކުރުމަށް ހިންގޭ އެންމެ ބޮޑު އެއް ހަރަކާތެވެ.

މި ތަމްރީނު ޕްރޮގްރާމް ޚާއްޞަގޮތަކަށް ފަރުމާކޮށްފައިވަނީ ކުންފުނީގެ އެކި ދާއިރާތަކުގެ އިސްވެރިންނަށް ބޭނުންވާ އިދާރީ ހިންގުމުގެ ޒަމާނީ މުހިންމު އިރުޝާދުތައް ފޯރުކޮށްދިނުމާއެކު، އާންމު މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤާއި ސުލޫކު އިޞްލާޙުކޮށް ހަރުދަނާކުރުމުގެ މައްޗަށެވެ. މީގެ އިތުރުން، އޮފީސް މާހައުލުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ތެދުވެރިކަމާއެކު ޚިދުމަތް ދިނުމުގެ މުހިންމުކަން އިސްލާމީ ތާރީޚާއި ސިޔަރަތުގެ އަލީގައި މި ޕްރޮގްރާމްގެ ތެރެއިން މުވައްޒަފުންނަށް ކިޔަވައިދެވޭނެއެވެ.

ފެނަކައިން ބުނީ މިއީ ހަމައެކަނި މާލޭގެ މުވައްޒަފުންނަށް ބާއްވާ ކުޑަ ބައްދަލުވުމެއް ނޫން ކަމަށާއި، މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހުރިހާ އަތޮޅެއްގެ ރަށްރަށުގައި މަސައްކަތްކުރާ ފެނަކައިގެ އެންމެހައި މުވައްޒަފުން ޝާމިލުވާ ގޮތަށް ކުރިއަށް ގެންދާ ފުޅާ ހަރަކާތެއް ކަމަށެވެ. ފެނަކައިގެ ސަރަހައްދީ ބްރާންޗްތަކަށް ބަހާލައިގެން، ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމްގެ ސަބަބުން ކުންފުނީގެ ހިންގުމުގެ މުޅި ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މެނޭޖްމަންޓުން އުންމީދުކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC