logoEN
WAMCO TOP 1
އެންމެންގެ ކަޅި މަޖިލީހުގެ މާދަމާގެ ޖަލްސާއަށް: ނާޒިމްގެ އިތުބާރުގެ މައްސަލަ މާދަމާ!

އެންމެންގެ ކަޅި މަޖިލީހުގެ މާދަމާގެ ޖަލްސާއަށް: ނާޒިމްގެ އިތުބާރުގެ މައްސަލަ މާދަމާ!

އަހުމަދު ޝުރާއު

logo

5/30/2026, 2:07:20 PM

# ރައްޔިތުންގެ މަޖިލިސް

-

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ، މި ހިނގާ ދައުރުގެ އެންމެ ފަހު ޖަލްސާ ކަމަށްވާ މާދަމާ (އާދިއްތަ ދުވަހަށް) މަޖިލީހުގެ އިދާރާއިން ވަނީ ތާވަލުކޮށްފައެވެ.

THE TRAVELLER AD

މަޖިލީހުގެ މިހާރުގެ ދައުރު މާދަމާގެ ނިޔަލަށް ދަންމާލަން ފާސްކުރީވެސް ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.

މާދަމާގެ ޖަލްސާގައި ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރަށް ބަހުސް ކުރުމަށް މެންބަރުންނަށް 50 މިނެޓުގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އޭނާއަށް އަމިއްލަ ދިފާޢުގައި ޖަވާބުދާރީވުމަށް ލިބިވަޑައިގަންނަވާނީ 10 މިނެޓެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށްވާ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި ގަރާރުގައި ނާޒިމާާ މެދު ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި:

  1. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުން.
  2. މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާތަކުން ބަރީއަވުން.
  3. މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި އަތަކަށް ޖެހި، މެންބަރުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ހިމާޔަތްކޮށްދިނުމުގައި ބޮޑުތަނުން އިހުމާލުވުން.

ގަރާރުގައި ބުނެފައިވާ ގޮތުން، ނާޒިމްގެ އަމަލުތައް ހުރި ގޮތުން މެންބަރުންނާ މަތިކޮށްފައިވާ ޤާނޫނީ ވާޖިބުތައް އަދާކުރުމަށް "ނައިބު ރައީސް ވަނީ ހުރަހަކަށް ވެފަ" އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނައިބު ރައީސް ވަކިކުރަން ހުށަހެޅޭނީ މަދުވެގެން 24 މެންބަރުންގެ ސޮޔާއެކުގައެވެ. ނަމަވެސް، ޕީއެންސީން އެ އަދަދަށްވުރެ މާ ގިނައިން (73 މެންބަރުންގެ ސޮއި) ހޯދާފައިވާތީ، މާދަމާގެ ވޯޓުން ނާޒިމް މަގާމުން ވަކިކުރުމަށް ބޭނުންވާ އަޣުލަބިއްޔަތު (ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތު) ސަރުކާރު ކޮޅަށް ލިބުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

ކޮމެންޓް
ފަހުގެ
HDC