logoEN
WAMCO TOP 1
ޑޮމިނިކަން ރިޕަބްލިކްގެ ލަގްޒަރީ ރިސޯޓެއްގައި ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އިޓަލީ ފަތުރުވެރިޔަކު މަރުވެއްޖެ

ޑޮމިނިކަން ރިޕަބްލިކްގެ ލަގްޒަރީ ރިސޯޓެއްގައި ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އިޓަލީ ފަތުރުވެރިޔަކު މަރުވެއްޖެ

އަހުމަދު ޝުރާއު

logo

6/20/2026, 11:01:41 AM

# ޑޮމިނިކަން ރިޕަބްލިކް

-

ޑޮމިނިކަން ރިޕަބްލިކްގެ ދެކުނު އިރުމަތީ އައްސޭރީގައި އޮންނަ ބަޔާހީބޭ ސަރަހައްދުގެ މަޝްހޫރު ލަގްޒަރީ ބީޗް ރިސޯޓެއް ކަމަށްވާ "ވީވާ ޑޮމިނިކަސް ބީޗް ބައި ވިންދަމް" ގައި ހުކުރު ދުވަހު ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަނުގައި ތިބި 1,700 އެއްހާ ފަތުރުވެރިން ކުއްލި ގޮތަކަށް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

THE TRAVELLER AD

މި ބޮޑު އަލިފާނުގެ ހާދިސާގައި، އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އުމުރުން 46 އަހަރުގެ އިޓަލީގެ އަންހެން ފަތުރުވެރިއެއް ކަމަށްވާ ފްރާންސެސްކާ ވެލެންޓީނޯ ވަނީ މަރުވެފައެވެ.

މި ހާދިސާގައި އަލިފާނުގެ އަސަރުކޮށްގެންނާއި ދުމުގެ ސަބަބުން ނޭވާލާން އުނދަގޫވެގެން ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އިތުރު ހަ މީހަކަށް ވަނީ ހާދިސާ ހިނގި ސަރަހައްދުން ސިއްހީ ފަރުވާ ފޯރުކޮށްދީފައެވެ. ފަރުވާދިން މީހުންގެ ތެރޭގައި ރިސޯޓުގެ މުވައްޒަފުންނާއި، ފަތުރުވެރިންގެ އިތުރުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އިމަޖެންސީ ރެސްޕޮންޑަރުންވެސް ހިމެނެއެވެ.

ސިފައިންނާއި ފަޔަރ ފައިޓަރުން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އަދިވެސް މަސައްކަތްތަކެއް ކުރަމުންދިޔައިރު، ރިސޯޓުގައި ތިބި ސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ކައިރީގައި ހުރި އެހެން ހޮޓާތަކަށާއި އެކަމަޑޭޝަންތަކަށް ވަގުތުން ބަދަލުކޮށްފައެވެ.

ޑޮމިނިކަން ރިޕަބްލިކްގެ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު އިން ހާމަކޮށްފައިވާ ހޯދުންތަކަށް ބަލާއިރު، އަލިފާންގަނޑު މުޅި ރިސޯޓަށް ހަލުވިކަމާއެކު ފެތުރިގެންދިޔައީ އެ ސަރަހައްދަށް ޖެހެމުންދިޔަ ބާރު ވަޔާއި، ރިސޯޓުގެ އިމާރާތްތަކުގެ ފުރާޅު ހެދުމަށް ބޭނުންކޮށްފައި ހުރި، އަލިފާން ހިފާ ބާވަތެއްގެ ފަތްތަކުގެ ސަބަބުންނެވެ. މިގޮތަށް ހަދާފައި ހުންނަ ފުރާޅުތަކަކީ ހޫނުގަދަވުމުން ވަރަށް ފަސޭހައިން އަލިފާން ހިފާ އެއްޗެކެވެ.

ރިސޯޓުގައި ރޯވި އަލިފާންގަނޑު މިހާރު ފަޔަރ ފައިޓަރުންގެ ބުރަ މަސައްކަތުން އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައިވީ ނަމަވެސް، ރިސޯޓުގެ ބޮޑު ބައެއް ވަނީ އަޅިއަށްވެ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އަދި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން މިހާރު ދަނީ ޚާއްޞަ ތަޙުޤީޤެއް ކުރިއަށްގެންދަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC