logoEN
WAMCO TOP 1
ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ފަށައިފި

ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ފަށައިފި

އަހުމަދު ޝުރާއު

logo

6/20/2026, 10:53:05 AM

# ހެލްތު މިނިސްޓްރީ

-

ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓްގެ އަލީގައި ތައްޔާރުކުރެވުނު "ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ރަސްމީކޮށް މިއަދު ފަށައިފިއެވެ.

THE TRAVELLER AD

މިއީ ސިއްހަތާ އާއިލާއާ ބެހޭ ވުޒާރާ އާއި ޔުނިސެފް، ފެމިލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ކުރިއަށްގެންދާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީންގ ޕްރޮޖެކްޓް" ގެ ދަށުން ހިންގޭ މުހިންމު މަސައްކަތެކެވެ.

މީރުމާގައި މިއަދު ކުރިއަށްދިޔަ މި ޚާއްޞަ ރަސްމިއްޔާތުގައި، ދިރާސާ ރިޕޯޓް އިފްތިތާޙުކޮށްދެއްވީ ޞިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު، ގީލާ ޢަލީ އެވެ. އަދި ޤައުމީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދެވެ.

މިއަދު އިފްތިތާހުކުރެވުނު ދިރާސާ ރިޕޯޓަކީ އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އަދި މި ދިރާސާގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމަކީ އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެގޮތުން، ދިރާސާ ރިޕޯޓުގެ ހޯދުންތަކުން ދައްކާގޮތުގައި، ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެކުދިންގެ ކުރިއެރުން ސީދާގޮތެއްގައި ގުޅިފައިވަނީ އަންހެނުން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކުގެ ތަޖުރިބާތަކާއެވެ. އިންސާނާގެ ހަޔާތުގެ ހުރިހާ މަރުހަލާއެއްގައި ވެސް ނާޒުކު ހާލަތްތައް ކުރިމަތިވާކަން މި ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކައިވެނީގެ ކުރިން، ކައިވެނީގެ ތެރޭގައި، ދެމަފިރިން ވަކިވާ މަރުހަލާގައި އަދި ވަރިވުމަށްފަހު ވެސް އާއިލާތަކަށް ނާޒުކު ހާލަތްތައް ދިމާވާ ޢާއްމު ގޮތްތައް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، މި ހުރިހާ އާއިލީ ދިރިއުޅުމުގެ އެންމެހާ މަރުހަލާއެއްގައި ވެސް އާއިލީ ހަމަޖެހުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މުއާމަލާތް ކުރުން ކުޑަވުން ނުވަތަ މުއާމަލާތް ކުރުމުގައި ހުރި ހުރަސްތައްކަން ދިރާސާއިން ވަނީ ހާމަވެފައެވެ. މިކަމުގެ ސަބަބުން ކުޑަކުދިން އިތުރަށް ނާޒުކު ހާލަތްތަކަށް ހުށަހެޅިގެންދާކަން ވެސް މި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެމިލީ ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ފަދަ ކަމާގުޅުންހުރި މުހިންމު މުއައްސަސާތަކާ ގުޅިގެންނެވެ. އަދި މި ޕްރޮގްރާމް ތައްޔާރުކޮށް ފުރިހަމަކުރަމުންދަނީ ޔުނިސެފް މޯލްޑިވްސް ފަރާތުން ލިބިފައިވާ ފަންޑިންގެ ތެރެއިންނެވެ.

މިއަދު ފެށުނު "ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ގެ މައިގަނޑު މަޤްޞަދަކީ އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި، ވާހަކަދައްކައިގެން ސުލްހަވެރި ހައްލު ހޯދައިދޭނެ ޤާބިލު މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމެވެ. މި ޕްރޮގްރާމުގެ "ޓްރެއިނިންގ އޮފް ޓްރެއިނާސް" (ToT) ބައި ފެށުމަށް ހަމަޖެހިފައިވަނީ 21 ޖޫން 2026 ވާ އާދިއްތަ ދުވަހުއެވެ. އަދި މިފެށޭ ޖުލައި މަސްތެރޭގައި މީޑިއޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ވަނީ ބޭއްވުމަށް ހަމަޖެހިފައެވެ.

މި ތަމްރީނުތަކުގައި ފެމިލީ ކޯޓާއި ޖުޑިޝަލް އެކެޑަމީ ފަދަ މުއައްސަސާތަކުން ބައިވެރިވާއިރު، ތަމްރީނު ފުރިހަމަކުރާ ފަރާތްތަކުގެ ދަފްތަރެއް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެކުލަވައިލުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ސަބަބުން އާއިލީ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ސަގާފަތެއް އަށަގަނެ، ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC