logoEN
WAMCO TOP 1
އޭ.އެސް.އެމް.އެޗްގައި ފުރަތަމަ ފަހަރަށް، ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކަލް ސާޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި

އޭ.އެސް.އެމް.އެޗްގައި ފުރަތަމަ ފަހަރަށް، ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކަލް ސާޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި

އަހުމަދު ޝުރާއު

logo

6/14/2026, 8:22:47 AM

# ހެލްތު މިނިސްޓްރީ

-

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭ.އެސް.އެމް.އެޗް) ގައި ފުރަތަމަ ފަހަރަށް، ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކަލް ސާޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

THE TRAVELLER AD

އެހޮސްޕިޓަލުން ބުނީ، މިސާޖަރީގައި ވާތްފަރާތުގެ އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާ ނެގުން ހިމެނެއެވެ.

މިއީ ޑރ. ޢުބައިދު އަބްދުﷲ އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ ސާޖަރީއެކެވެ. އެ ޑޮކްޓަރުގެ އިތުރުން ތަޖުރިބާ ކާރު ޑޮކްޓަރުންގެ ޓީމަކުން މި ސާޖަރީގައި ވަނީ ބައިވެރިވެފައެވެ. އެގޮތުން މި ޓީމުގައި ހިމެނެނީ ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް،ޑރ. މުޙައްމަދު އަމީން މުޙައްމަދު ޙަމްޒާ،ޑރ. މަޙްމޫދު ސަޢީދު، އަޙްމަދު މުޙައްމަދު ސާދު އެވެ.

ޢޭ.އެސް.އެމް.އެޗް އިން ވަނީ ޑޮކްޓަރުންގެ ޓީމުން ދެއްކެވި ފަރުވާތެރިކަމާއި ކުރެއްވި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

އަދި މިއީ މި ހޮސްޕިޓަލުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް، އައު އުސްމިންތަކަކަށް ވާޞިލުވުމަށް ކުރެވޭ މަސައްކަތުގައި ހޯދުނު ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC