logoEN
WAMCO TOP 1
ހިމަބިހި ކޮންޓްރޯލް ކުރަން އިންޑިއާއިން ބޮޑު އެހީއެއް: ވެކްސިނާއި މެޑިކަލް ސާމާނު ހަދިޔާކޮށްފި

ހިމަބިހި ކޮންޓްރޯލް ކުރަން އިންޑިއާއިން ބޮޑު އެހީއެއް: ވެކްސިނާއި މެޑިކަލް ސާމާނު ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

6/11/2026, 3:07:25 PM

# ހެލްތު މިނިސްޓްރީ

-

ދިވެހިރާއްޖޭގައި މިދުވަސްވަރު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ކޮންޓްރޯލް ކުރުމަށްޓަކައި، އިންޑިއާ ސަރުކާރުގެ ފަރާތުން ގިނަ އަދަދެއްގެ ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއަށް މިއަދު ހަދިޔާކޮށްފިއެވެ.

THE TRAVELLER AD

އިންޑިއާ ސަރުކާރުން ހަދިޔާކުރި މި އެހީގެ ތެރޭގައި ހިމެނެނީ އެމް.އާރް (މީސަލްސް އެންޑް ރުބެއްލާ) ވެކްސިނާއި، ހިމަބިހި ހުރިތޯ ޓެސްޓުކުރުމަށް ބޭނުންވާ ޚާއްޞަ ސާމާނުގެ އިތުރުން، މި ބަލި ފެތުރުން ހުއްޓުވުމަށް ސިއްހީ ދާއިރާގައި މިވަގުތު ބޭނުންކުރާ އެކި ބާވަތްތަކުގެ މެޑިކަލް އިކުއިޕްމަންޓްތަކެވެ.

މި ތަކެތި ހަވާލުކުރުމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އިންޑިއާ ސަރުކާރުގެ ފަރާތުން މި އެހީ ރަސްމީކޮށް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ ޖީ. ބަލަސުބްރަމާނިއަމް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ރަސްމީކޮށް ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޑރ. ގީލާ ޢަލީއެވެ.

މި ރަސްމިއްޔާތުގައި ދެ ޤައުމުގެ ސިއްހީ ދާއިރާގެ އިސްވެރިންނާއި ހައިކޮމިޝަނުގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ގީލާ ޢަލީ ވަނީ، ދިވެހިރާއްޖެއަށް ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، އިންޑިއާ ސަރުކާރުން އަބަދުވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޤައުމެއްގެ ގޮތުގައި ދެމިއޮންނަކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި މިވަގުތު ހިމަބިހި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ ކާމިޔާބު މަސައްކަތަށް މި ލިބުނު ވެކްސިންތަކުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ބޮޑު އެހީތެރިކަމަށްޓަކައި މިނިސްޓަރ ގީލާ ވަނީ އިންޑިއާ ސަރުކާރަށާއި، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ އިތުރުން، މިކަމުގައި އެހީތެރިވެދެއްވި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް މުޅި ރާއްޖޭގައި ފަށާފައިވާ މިދަނޑިވަޅުގައި، އިންޑިއާއިން ލިބުނު މި އެހީއަކީ ރާއްޖޭގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު ބޮޑު ބާރެކެވެ.

މީގެ ކުރިންވެސް ރާއްޖެއަށް ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމުގައާއި އެކި ކާރިސާތަކުގައި އިންޑިއާއިން ވަނީ އެންމެ ފުރަތަމަ ރާއްޖެއަށް ވެކްސިނާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ބައްދަލުވުމުގައި އިންޑިއާ ހައިކޮމިޝަނުންވެސް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރުމަށާއި ރައްޔިތުންގެ ސަލާމަތަށް ކުރާ ކޮންމެ މަސައްކަތެއްގައި އިންޑިއާގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަގީންކަން އަލުން ދީފައެވެ.

ކޮމެންޓް
ފަހުގެ
HDC