logoEN
WAMCO TOP 1
ރ. މާކުރަތުގެ އައު ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ރ. މާކުރަތުގެ އައު ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

އަހުމަދު ޝުރާއު

logo

6/20/2026, 10:46:42 AM

# ސްޕޯޓްސް މިނިސްޓްރީ

-

ރ. މާކުރަތުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ރައްޔިތުންނަށްޓަކައި ސަރުކާރުން އެ ރަށުގައި ތަރައްޤީކުރި ޒަމާނީ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިި އެވެ.

THE TRAVELLER AD

މި ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި ފުޓްސަލް ދަނޑަކީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރ. މާކުރަތަށް ވަޑައިގެން، އެ ރަށުގެ ޒުވާނުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، އަދި މާކުރަތުގެ ރައްޔިތުންނާއި ޒުވާނުން އެދެމުންދިޔަ ފެންވަރުގައި މި ދަނޑުގެ މަސައްކަތް ސަރުކާރުން ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ނިންމައި، ރަށުގެ ރައްޔިތުންނާ ޙަވާލުކޮށްދެއްވާފައެވެ.

މި އައު ފުޓްސަލް ދަނޑަކީ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ، ރޭގަނޑުވެސް ކުޅެވޭނެހެން ލައިޓްތައް ހަރުކުރެވިފައިވާ ފުރިހަމަ ދަނޑެކެވެ.

ކޮމެންޓް
ފަހުގެ
HDC