logoEN
cocacola
ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑްކޮށްފި

ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑްކޮށްފި

އަހުމަދު ޝުރާއު

logo

5/22/2024, 6:18:02 AM

# ސްޕޯޓްސް މިނިސްޓްރީ

ހުސެއިން ޝިފާޒް

މިނިސްޓްރީ އޮފް ސްޕޯޓްސްގެ ޑިޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ހުސައިން ޝިފާޒު ސަސްޕެންޑްކޮށްފި އެވެ.

ގޮސިޔާ

ޝިފާޒް ސަސްޕެންޑުކުރިކަން އެމިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ ގާފު ނޫހަށް ކަށަވަރުކޮށްދީފައި އެވެ. އޮފިޝަލް ބުނީ ޝިފާޒް ސަސްޕެންޑްކޮށްފައިވަނީ ސުލޫކީ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އޮފިޝަލް ހާމައެއް ނުކުރެއެވެ.

ޝިފާޒް އަކީ ރައީސް މުއިއްޒުގެ ވެރިކަމާއި އެކު އެންމެ ފުރަތަމަ ޑެޕިއުޓީ މިނިސްޓަރުކަން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އެގޮތުން ޝިފާޒް އެމަގާމާއި ހަވާލުވެވަޑައިގެންނެވީ 28 ނޮވެމްބަރުގައި އެވެ.

ޝިފާޒް އަކީ މިސަރުކާރަށް 6 މަސްވެގެން ދިޔައިރު ސަސްޕެންޑްކުރި 4 ވަނަ ޑެޕިއުޓީ މިނިސްޓަރެވެ. މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރަށް މީސް މީޑިއާގައި ފުރައްސާރަ ކުރި މައްސަލަ އަކާއި ގުޅިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ ސަސްޕެންޑްކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ