
-
ސްޕޯޓްސް އެވޯޑް ފަސްކުރަން ނިންމީ ދައުލަތުގެ ހަރަދުކުރުމަށް ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފިއެވެ.

ސްޕޯޓްސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ, މިއަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ސްޕޯޓްސް އެވޯޑްސް ހަފްލާ މިއަހަރު ފަހުކޮޅު ބޭއްވުމަށް މިހާރު ފަސްކުރެވިފައިވާ ކަމަށެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނެފައިވަނީ, މިހަފްލާ ބޭއްވުމަށް އެކިއެކި ތައްޔާރީވެފައިވީނަމަވެސް މިވަގުތަށް އެވޯޑް ހަފްލާ ފަސްކުރުމަށް ނިންމާފައިވަނީ, ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަން ނިންމެވި ފިޔަވަޅުތަކަށް ރިއާޔަތްކުރުމަށް ފަހު, އެވޯޑް ހަފްލާއާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
މި ހަފްލާ އެކަށީގެންވާފަދަ ފުރިހަމަގޮތެއްގައި ފަހުގެ ތާރީހެއްގައި ބޭއްވޭނެ ކަމުގެ ޔަގީންކަން ސްޕޯޓްސް މިނިސްޓްރީން ވަނީ ދީފައެވެ.