-1718375570755.webp&w=3840&q=75)
ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަންނަ ޖުލައި މަހަށް ފަސްކޮށްފި އެވެ.

ކުރިން ޖޫން 27 ގައި ބާއްވަން އުޅުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް މިހާރު ބާއްވަން ހަމަޖެހިފައިވަނީ ޖުލައި ހަތަރެއްގަ އެވެ.
ސްޕޯޓްސް މިނިސްޓްރީއިން ބުނީ އެވޯޑު ހަފްލާ ލަސްކުރަން ނިންމި މައިގަނޑު ސަބަބަކީ ބޮޑު އީދާ ދިމާކޮށް ސަރުކާރު ބަންދުވުމާއިއެކު ހަފްލާ އެންމެ ފުރިހަމައަށް ބާއްވަން ބޭނުންވާތީކަމަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. މިއަހަރުވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެ އެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑުތަކެއްވެސް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.