logoEN
WAMCO TOP 1
މަޒުމޫނާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތްތައް 1900 އަށްވުރެ ގިނަ ބައިވެރިންނާއެކު ފަށައިފި

މަޒުމޫނާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތްތައް 1900 އަށްވުރެ ގިނަ ބައިވެރިންނާއެކު ފަށައިފި

އަހުމަދު ޝުރާއު

logo

6/20/2026, 10:24:00 AM

# ދިވެހި ބަހުގެ އެކެޑަމީ

-

ދިވެހި ބަހާއި އަދަބިއްޔާތު ކުރިއަރުވައި، ލިޔުންތެރިކަމުގެ ދާއިރާއިން އައު އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި ދިވެހިބަހުގެ އެކަޑެމީން ބާއްވާ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ، މަޒުމޫނު ލިޔުމުގެ 41 ވަނަ ޤައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ 38 ވަނަ ޤައުމީ މުބާރާތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

THE TRAVELLER AD

ކޮންމެ އަހަރަކުވެސް ދިވެހި ބަހަށް ލޯބިކުރާ ގިނަ އަދަދެއްގެ ދަރިވަރުންނާއި އާންމުން އިންތިޒާރުކުރާ މި ދެ މުބާރާތް މިއަހަރުވެސް ކުރިއަށްދަނީ ބައިވެރިންގެ ނުހަނު ބޮޑު ތަރުޙީބަކާއި ފޯރިއަކާ އެކުގައެވެ.

އެގޮތުން މިއަދު ފެށުނު މަޒުމޫނު ލިޔުމުގެ 41 ވަނަ ޤައުމީ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ސްކޫލްތަކުން ބައިވެރިވި އެއް މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށްވުރެ ގިނަ އިސްކޫލްތަކުން ބައިވެރިވެފައިވާއިރު، ސްކޫލްތަކުގެ ދަރިވަރުންނާއި އަމިއްލަ ގޮތުން ބައިވެރިވި ފަރާތްތަކާއެކު ޖުމްލަ 1,000 އަށްވުރެ ގިނަ ލިޔުންތެރިން ދަނީ މި މުބާރާތުގައި އެކި މައުޟޫޢުތަކަށް ވާދަކުރަމުންނެވެ.

މަޒުމޫނު މުބާރާތުގެ އިތުރުން، ޚިޔާލީ ދުނިޔެއެއްގެ ތެރެއިން ދިވެހި ބަހުގެ މުއްސަނދިކަން ދައްކުވައިދޭ ކުރުވާހަކަ ލިޔުމުގެ 38 ވަނަ ޤައުމީ މުބާރާތްވެސް މިއަދު ވަނީ ފަށާފައެވެ. މި މުބާރާތުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން، ޚާއްޞަކޮށް އަތޮޅުތެރޭގެ ރަށްރަށުންނާއި މާލޭ ސަރަޙައްދުން 900 އަށްވުރެ ގިނަ ބައިވެރިން ވަނީ ވާދަކޮށްފައެވެ.

މިއާއެކު މިއަދު ފެށުނު މި ދެ މުބާރާތުގައި ވާދަކުރާ ޖުމްލަ ބައިވެރިންގެ އަދަދު މިވަނީ 1,900 އަށްވުރެ މައްޗަށް އަރާފައެވެ.

ދިވެހިބަހުގެ އެކަޑެމީން ހާމަކުރާ ގޮތުގައި، މިފަދަ ޤައުމީ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ބަހުގެ ހަމަތަކާއި ޤަވާއިދުތަކަށް އަހުލުވެރި، މުޖުތަމައަށް ފައިދާހުރި މައުޟޫޢުތަކަށް ފުންކޮށް ވިސްނައި ފާޑުކިޔޭނެ ފަދަ ޤާބިލު އަދީބުންތަކެއް އުފެއްދުމެވެ. މިއަދު މުޅި ރާއްޖޭގައި އެކުއެކީގައި މި މުބާރާތްތަކުގެ ލިޔުންތެރިކަމުގެ ސެޝަންތައް ކުރިއަށްދާއިރު، މުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ޤައުމީ ފެންވަރުގެ އަގުހުރި އިނާމުތަކާއި ހަނދާނީ ފިލާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ފަހުގެ
HDC