
-
ދިވެހިބަހުގެ އެކެޑަމީން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައި ފޮތް މައުރަޒެއް ފަށައިފި އެވެ. މި ފޮތް މައުރަޒު ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެވެ.

މި މައުރަޒުގައި ވަޒީރު ވަނީ، ދިވެހި ބަހަށް ލޯބިކުރައްވާ ފަރާތްތަކުގެ ބަސްކޮށާރު މުއްސަނދިވާ ގޮތަށް، އައްޑޫ ސިޓީގެ ހިރާ ސްކޫލުން އުފައްދާފައިވާ "ބަސްފިލާ" އެއް ނެރެދެއްވައިފައެވެ. "ބަސްވާރު"ގެ ނަމުން ނަންދީފައިވާ މި ބަސްފިލާގެ އެއްފިލާ މި ރަސްމިއްޔާތުގައި ހިރާ ސްކޫލުގެ ފަރާތުން ވަޒީރަށް ވެދުމަށް އެރުވިއެވެ.
ވަޒީރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިއަހަރުގެ ޅެންވެރީން ގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ޖަލްސާ އަޮންނާނީ މިރޭ 20:30 އައްޑު ސިޓީ ހިތަދޫގައެވެ.ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ ތަޚްޞީޞްކުރެވުނު އައްޑޫ ސިޓީ ހިތަދޫ ކެމީ، ޙަސަން ލަބީބާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ޙަސަން ލަބީބުގެ އަދަބީ ޖަމުޢިއްޔާ ކަމަށްވާ "ޝާއިރުންގެ ވާދީ" ގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
.gif&w=3840&q=75)




