logoEN
WAMCO TOP 1
މައުމޫން ފައުންޑޭޝަންގެ ފަރާތުން “މައުމޫން” ފޮންޓް ދިވެހިބަހުގެ އެކެޑަމީއަށް ހަދިޔާކޮށްފި

މައުމޫން ފައުންޑޭޝަންގެ ފަރާތުން “މައުމޫން” ފޮންޓް ދިވެހިބަހުގެ އެކެޑަމީއަށް ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

5/5/2026, 8:00:09 AM

# ދިވެހި ބަހުގެ އެކެޑަމީ

-

މައުމޫން ފައުންޑޭޝަންގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް “މައުމޫން ފޮންޓް” ހަދިޔާކުރައްވައިފިއެވެ.

THE TRAVELLER AD

ދިވެހި ލިޔުންތެރިކަމާއި ބަހުގެ މުއްސަނދިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، “މައުމޫން ފޮންޓް” ދިވެހިބަހުގެ އެކެޑަމީއަށް ހަދިޔާކުރެއްވީ، މިއަދު އެކެޑަމީގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މައުމޫން ފައުންޑޭޝަންގެ ފަރާތުން ފޮންޓު ހަދިޔާކުރެއްވީ، އެ ފައުންޑޭޝަންގެ ވައިސް ޗެއާމަން އަޙްމަދު ފާރިސް މައުމޫނެވެ. އެކެޑަމީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދެވެ.

މި ފޮންޓަކީ އެކެޑަމީގެ ތަފާތު ލިޔުންތަކާއި އަދަބީ ތަފާތު ހަރަކާތްތަކުގައި ބޭނުންކުރުމަށް ހަދިޔާކުރެއްވި ފޮންޓެކެވެ. މި ބައްދަލުވުމުގައި ފައުންޑޭޝަންގެ ވައިސް ޗެއަރމަން އަޙްމަދު ފާރިސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހުގެ އެކެޑަމީގެ ދައުރަށް ބައްލަވައިލައްވައި، އެކެޑަމީގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިބަހާއި ދިވެހި ތާރީޚް ރައްކާތެރިކުރުމާއި ފެތުރުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ބައްލަވައިލެއްވިއެވެ.

މައުމޫން ފޮންޓަކީ ފަރުދުންގެ އަމިއްލަ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ އޮތް ފޮންޓެކެވެ. އެހެން ނަމަވެސް ކުންފުނިތަކާއި މުއައްސަސާތަކުންނާއި، ވިޔަފަރި ބޭނުމަށް ބޭނުންކުރާ ފަރާތްތަކުން މި ފޮންޓު ގަންނަންޖެހޭ ގޮތަށް އޮތްކަމުގައިވިޔަސް ދިވެހިބަހުގެ އެކެޑަމީއަކީ އެހެން މުއައްސަސާތަކާ ތަފާތުކޮށް، ދިވެހިބަހާ ގުޅޭ މަސައްކަތްތައް ކުރާ މުއައްސަސާއަކަށް ވެފައި، ދިވެހިބަހުން ގިނަ ފޮތްތަކެއް ނެރޭ، ތަކެތި ތައްޔާރުކުރާ މުއައްސަސާއަކަށް ވާތީ، މައުމޫން ފޮންޓު ހަދިޔާކުރެއްވުމުގެ އެންމެ މުހިންމު އެއް މަގުސަދަކީ އެކެޑަމީގެ މަސައްކަތުގެ ތެރޭގައި މައުމޫން ފޮންޓު ބޭނުންކުރެވި، މި ފޮންޓު ގިނަ ބައަކަށް ފެނުމެވެ. އަދި އެކެޑަމީއަށް ފޮންޓު ހަދިޔާކުރެއްވުމަކީ ފުޅާ ދާއިރާއެއްގައި ފޮންޓުގެ ބޭނުންކުރެވޭނެކަމެއްކަމަށް ގަބޫލުފުޅުކުރައްވާކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.އަދި މައުމޫން ފައުންޑޭޝަނުން ކުރައްވާ މުހިންމު ކަންކަމުގައި އެކެޑަމީގެ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުމަށް ފާރިސް އެދިވަޑައިގަތެވެ.

އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ދިވެހިބަހަށާއި ދިވެހި އަދަބަށް ކުރެއްވި އަގުހުރި ޚިދުމަތް ފާހަގަކުރެއްވިއެވެ. އަދި ރައީސް މައުމޫންގެ މިފަދަ ރީތި މަސައްކަތްޕުޅެއް ދިވެހިބަހުގެ އެކެޑަމީގެ ކަންކަމުގައި ބޭނުންކުރައްވަން ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށް ވިދާޅުވިއެވެ. އަދި މައުމޫން ފައުންޑޭޝަނުން އެދިވަޑައިގަންނަވާ ކަންކަމުގައި ދިވެހިބަހުގެ އެކެޑަމީން އަބަދު ވެސް އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން އެ ފައުންޑޭޝަންގެ ބޭފުޅުންނަށް އެރުވިއެވެ.

މައުމޫން ފޮންޓަކީ، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ އަތްޕުޅުގެ ލިޔުއްވުން ރައްކާތެރިކޮށް ދެމެހެއްޓެވުމަށާއި ދިވެހި ލިޔުމުގެ ފަންނަށް އައު ފޮންޓެއް ތާރަފުކުރެއްވުމަށް ޓަކައި، މައުމޫން ފައުންޑޭޝަނާއި އެންކްރިއާ ސްޓޫޑިއޯގެ އިންހައުސް ޓައިޕް ފައުންޑަރީ ދިވެހި ޓައިޕް ގުޅިގެން، 2025ވަނަ އަހަރުގެ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހު އާންމުކުރެވުނު ފޮންޓެކެވެ. އަކުރު ޓައިޕް މާކެޓްޕްލޭސް ވެބްސައިޓުން މި ފޮންޓު ޑައުންލޯޑުކުރެވޭނެއެވެ.ރައީސް މައުމޫނަކީ، އަރަބި ތާނަ ރީތިކޮށް ލިޔުއްވުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އަރަބިލިޔުއްވުމުގެ ފަންނު މިހާރު އެންމެ އާންމުކޮށް ފެންނަން ހުރީ އިސްލާމީ މަރުކަޒުގެ މަސްޖިދުއްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ ނަންބޯޑުންނާއި އެ މިސްކިތުގެ މިހުރާބުންނެވެ.

މި ބައްދަލުވުމުގައި މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއާމަން އަޙްމަދު ފާރިސް މައުމޫންގެ އިތުރުން، އެ ފައުންޑޭޝަންގެ ސީއީއޯ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ކަމާލުއްދީނާއި ސެކްރެޓަރީ ޖެނެރަލް ޑރ. އަޙްމަދު ޝަރީފާއި އަދި ފޮންޓު ތަރައްޤީކުރެއްވި ޢަބްދުﷲ ޝަފީޢުއާއި އަދި ދިވެހިބަހުގެ އެކެޑަމީގެ ބައެއް ވެރިން ބައިވެރިވެވަޑައިގަތެވެ

ކޮމެންޓް
ފަހުގެ
HDC