logoEN
WAMCO TOP 1
ވޭޕް މަނާކުރިފަހުން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓް: ކަނޑުމަގުން އެތެރެކުރަން އުޅުނު 15,000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި

ވޭޕް މަނާކުރިފަހުން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓް: ކަނޑުމަގުން އެތެރެކުރަން އުޅުނު 15,000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި

އަހުމަދު ޝުރާއު

logo

6/20/2026, 8:21:14 AM

# ވޭޕް

-

ރާއްޖެއަށް ވޭޕްއާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރި ފަހުން، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި 15,601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

THE TRAVELLER AD

މިއީ ވޭޕުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން މިހާތަނަށް ކަސްޓަމްސްއިން އަތުލައިގަތް އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ޝިޕްމަންޓް ކަމަށް އެ އިދާރާއިން ވަނީ ޔަގީންކޮށްދީފައެވެ.

ކަސްޓަމްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބޮޑު ޝިޕްމަންޓް އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި ކާގޯ ބޯޓެއްގެ ތެރޭގައި ހުރި މުދަލެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފް ތަކެތި ހުރި ކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ޝައްކުކުރެވިގެންނެވެ.

އެއާއެކު، މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކަސްޓަމްސްގެ ޚާއްޞަ ޓީމަކުން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި، އެ ތަކެތި ފޮރުވާފައި ހުއްޓާ ވަނީ ހޯދާފައެވެ.

ރާއްޖޭގެ ބޯޑަރުތައް ސަލާމަތްކުރުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތައް މިދުވަސްވަރު ވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ އެންމެ 5 ދުވަހުގެ ތެރޭގައި އެކަނިވެސް ކަސްޓަމްސްއިން ވަނީ ވޭޕް އެތެރެކުރުން ހުއްޓުވުމަށް ޚާއްޞަ 3 އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. މި ހުރިހާ އޮޕަރޭޝަންތަކުން އެކުލާލައިގެން މިހާތަނަށް ޖުމްލަ 22,309 ވޭޕް ކާޓްރިޖް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ވަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޮމެންޓް
ފަހުގެ
HDC