logoEN
WAMCO TOP 1
ހުޅުމާލޭ ފަޅަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން މަޝްވަރާކޮށްފި

ހުޅުމާލޭ ފަޅަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

6/18/2026, 9:16:28 AM

# އެޗްޑީސީ

-

ހުޅުމާލޭ ފަޅުތެރެއަށް އާދަޔާޚިލާފަށް ގިނަ އަދަދެއްގެ ކުނި ޖަމާވަމުންދާ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ އިސްނެގުމުގެ މަތިން ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުވުމުގައި އެޗް.ޑީ.ސީގެ އިތުރުން ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) ގެ އިތުރުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ ކަނޑުގެ މާހައުލަށާއި ފަޅުގެ ރީތިކަމަށް ހުރަސްއެޅޭ ގޮތަށް އުފެދިފައިވާ ކުނީގެ ބޮޑު މައްސަލައަށް ދިގުލައިގެން ނުދާނެ ފަދަ ހަރުދަނާ ހައްލެއް ހޯދުމެވެ. އެގޮތުން ފަޅުތެރެއަށް ކުނި އެޅޭ ސަބަބުތައް ދެނެގަތުމާއި، ގަވާއިދާ ޚިލާފަށް ކުނި އަޅާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

ހުޅުމާލޭ ފަޅުތެރެ ތަޣައްޔަރުވެ، ގިނަ އަދަދަކަށް ޕްލާސްޓިކް ފުޅިއާއި ކަނޑުބޯޓުފަހަރުން އުކާލާ ކުނިތައް ގޮނޑުދޮށަށް ލައްވަމުންދާތީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެ ސަރަހައްދަށް ޒިޔާރަތްކުރާ އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތިމާވެށި ހިމާޔަތްކުރާ ޖަމްއިއްޔާތަކުންވެސް ދަނީ މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ލިބިދާނެ ގެއްލުންތަކަށް އިޝާރާތްކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC