logoEN
WAMCO TOP 1
25 ޓީމާއެކު ބީއެމްއެލް ރާއްޖެ ޖޫނިއާރ ނެޓްބޯޅަ ޗެމްޕިއަންޝިޕް މިއަދު ފަށައިފި

25 ޓީމާއެކު ބީއެމްއެލް ރާއްޖެ ޖޫނިއާރ ނެޓްބޯޅަ ޗެމްޕިއަންޝިޕް މިއަދު ފަށައިފި

ހަސަން ޝަމްއޫން

logo

6/17/2026, 11:38:13 AM

# ދިވެހި ކުޅިވަރު # ރާއްޖެ ޖޫނިއާރ ނެޓްބޯޅަ ޗެމްޕިއަންޝިޕް 2026

މުބާރާތުގެ ޝަރަފްވެރި މެހެމާން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ދެޓީމުގެ ކުޅުންތެރިންނާއި ސަލާމްކުރައްވަނީ: ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ރީހާން

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ ބީއެމްއެލް ރާއްޖޭ ޖޫނިއާރ ނެޓްބޯޅަ ޗެމްޕިއަންޝިޕް 2026 މިއަދު ހަވީރު ރަސްމީކޮށް ފަށައިފިއެވެ.

THE TRAVELLER AD

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިއަދު ހަވީރު މުބާރާތް ރަސްމީކޮށް ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

17 ޖޫން 2025 އިން 27 ޖޫން 2026 ގެ ނިޔަލަށް ކުރިއަށް މިމުބާރާތް މިއަދު ހަވީރު ރަސްމީކޮށް ފެށި ނަމަވެސް މުބާރާތުގެ ކުޅުން މިއަދު މެންދުރު ވަނީ ފަށާފައެވެ. އެގޮތުން މިހާތަނަށް 15 އަހަރުން ދަށުގެ އުމުރުފުރާގައި ތިން މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ގުރޫޕް އޭގެ ދަރުމަވަންތަ ސްކޫލާއި ސަލާހުއްދީން ސްކޫލް ވާދަކުރި މެޗު 10-23 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސަލާހުއްދީން ސްކޫލުންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސަލާހުއްދީން ސްކޫލްގެ އާމިނަތު މާޝް އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ގުރޫޕް އޭގެ ހިރިޔާ ސްކޫލާއި ކަލާފާން ސްކޫލް ވާދަކުރި މެޗު 16-9 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހިރިޔާ ސްކޫލުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިޝަތު ޒާރާ ހުސެއިން އެވެ. އަދި ތިންވަނަ މެޗުގައި ގުރޫޕް ބީގެ ތާޖުއްދީން ސްކޫލާއި ވާދަކުރި މެޗު ފަސޭހަކަމާއެކު 27-6 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ތާޖުއްދީން ސްކޫލުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތާޖުއްދީން ސްކޫލްގެ އައިޝަތު ތަނާލް ބިންތު އައިމަން އެވެ.

ދެ އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި މިއަހަރު 15 ސްކޫލަކުން 25 ޓީމު ވާދަކުރަމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ 15 އަހަރުންދަށުގެ 14 ޓީމާއި 17 އަހަރުން ދަށުގެ 11 ޓީމެވެ. އަދި ދެ ޑެވިޝަންގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ޓީމުތައް ތިން ގުރޫޕަކަށް ބަހާލައިގެންނެވެ.

އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ތިން ޓީމު ސެމީއަށް ހޮވޭއިރު، ސެމީގެ ފަހު ޖާގަ ލިބިގެންދާނީ ދެ ޑިވިޝަންގެ ވެސް ތިން ގުރޫޕުން ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމަކަށެވެ

ކޮމެންޓް
ފަހުގެ
HDC