.jpg&w=3840&q=75)
ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް: 19 އަހަރުންދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އީނަލް ހޯދައިފި
# ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް 2026# ދިވެހި ކުޅިވަރުއީނަލް ހުސެއިން އަބްދުލް ރަޝީދު .. ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ޝުރާއު
ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް، 19 އަހަރުންދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އީނަލް ހުސެއިން އަބްދުލް ރަޝީދު ހޯދައިފިއެވެ.

19 އަހަރުން ދަށުގެ ފިރިހެން ސިންގަލް ޗެމްޕިއަންކަން އީނަލް ހޯދީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 18-25 ގެ ނަތީޖާއަކުން އިސްމާއިލް ޝަމްހާން ޝާހު ބަލިކުރުމަށްފަހު އެވެ.
މުބާރާތުގެ ފައިނަލުން އީނަލް ޖާގަހޯދީ މިއުމުރުފުރާގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 12-1 ގެ ނަތީޖާއަކުން ޖުރާއިޖު ބިން އަލީ ވަހީދު ބަލިކުރުމަށްފަހު އެވެ. އަދި ޝާމްހާން ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ފަސޭހަކަމާއެކު 17-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އަބްދުﷲ މާއިޝް މުހައްމަދު ސޮލާހް ބަލިކުރުމަށްފަހު އެވެ.
6 ޖޫން 2026 އިން 13 ޖޫން 2026 ގެ ނިޔަލަށް ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދިޔަ ރާއްޖެ ޖޫނިއާރ ކެރަމް ޗެމްޕިއަންޝިޕުގައި މިއަހަރު މާލޭގެ 16 ސްކޫލަކުން 458 ކުޅުންތެރިން ވާދަކުރިއިރު، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގައި ހަ ސުކޫލަކުން 36 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.
ގުޅުންހުރި

ރާއްޖެ ޖޫނިއާރ ކެރަމް ޗެމްޕިއަންޝިޕް: 19 އަހަރުންދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އިންޝާ ހޯދައިފި
.jpg&w=3840&q=75)
ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް: 19 އަހަރުންދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އީނަލް ހޯދައިފި

ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް: 16 އަހަރުންދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހާޖަރު ހޯދައިފި




