logoEN
WAMCO TOP 1
ރާއްޖެ ޖޫނިއާރ ކެރަމް ޗެމްޕިއަންޝިޕް: 19 އަހަރުންދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އިންޝާ ހޯދައިފި

ރާއްޖެ ޖޫނިއާރ ކެރަމް ޗެމްޕިއަންޝިޕް: 19 އަހަރުންދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އިންޝާ ހޯދައިފި

ހަސަން ޝަމްއޫން

logo

6/13/2026, 12:05:10 PM

# ދިވެހި ކުޅިވަރު # ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް 2026# ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޝާ އިކްލީލް އައްބާސް.. ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ޝުރާއު

ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް، 19 އަހަރުންދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިންޝާ އިކްލީލް އައްބާސް ހޯދައިފިއެވެ.

THE TRAVELLER AD

19 އަހަރުން ދަށުގެ އަންހެން ސިންގަލް ޗެމްޕިއަންކަން އިންޝާ ހޯދީ ފައިނަލުގައި ފަސޭހަކަމާއެކު 0-25 ގެ ތަފާތުބޮޑު ނަތީޖާއަކުން ސަޖުހާ ޝައުކަތު އަހުމަދު ބަލިކުރުމަށްފަހު އެވެ.

މުބާރާތުގެ ފައިނަލުން ސަޖުހާ ޖާގަހޯދީ މިއުމުރުފުރާގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 20-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ޖޯއީ ކިމް އޮލިވްސް ބަލިކުރުމަށްފަހު އެވެ. އަދި އިންޝާ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 17-9 ގެ ނަތީޖާއަކުން މަރިޔަމް މައީޝާ މޫސާ ބަލިކުރުމަށްފަހު އެވެ.

6 ޖޫން 2026 އިން 13 ޖޫން 2026 ގެ ނިޔަލަށް ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދިޔަ ރާއްޖެ ޖޫނިއާރ ކެރަމް ޗެމްޕިއަންޝިޕުގައި މިއަހަރު މާލޭގެ 16 ސްކޫލަކުން 458 ކުޅުންތެރިން ވާދަކުރިއިރު، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގައި ހަ ސްކޫލަކުން 36 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC