logoEN
WAMCO TOP 1
ހިތަދޫގައި ބަންދުކުރި "ލާމިޔާގެ" އަށް ކޯޓު އަމުރާ ޚިލާފަށް ވަދެނުކުމެއުޅުނު މީހަކު ހައްޔަރަށް!

ހިތަދޫގައި ބަންދުކުރި "ލާމިޔާގެ" އަށް ކޯޓު އަމުރާ ޚިލާފަށް ވަދެނުކުމެއުޅުނު މީހަކު ހައްޔަރަށް!

އަހުމަދު ޝުރާއު

logo

6/17/2026, 10:33:17 AM

# ސ. ހިތަދޫ

-

މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ސ. ހިތަދޫ / ލާމިޔާގެއާގެ 90 ދުވަހަށް ބަންދުކުރުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެނުކުމެހެދި މީހަކު ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ނޯޖަވާނީގެ، އަޙްމަދު ޒާހިރު (50އ) އެވެ. މި ޖޫން މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގިގުކުރަމުންނެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ. ހިތަދޫ / ލާމިޔާގެއާގެ ބަންދުކޮށްފައިވަނީ 2026 ޖޫން 8 ވަނަ ދުވަހުއެވެ.

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެވާހަކަ ދަންނަވަމެވެ.

ކޮމެންޓް
ފަހުގެ
HDC