
ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި
# އެމްޕީއެލް# ސ. ހިތަދޫ# މުހައްމަދު ސައީދު# ހިތަދޫ ޕޯޓްހިތަދޫ ވިޔަފާރި ބަނދަރުގައި އާ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް/އެމްޕީއެލް
ސ.ހިތަދޫ ވިޔަފާރި ބަނދަރުގައި އަސާސީ ކާބޯތަކެތި ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ގޮތައް ބޮންޑެޑް ޒޯނެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި މުހިންމު މަޝްރޫއުގެ ތެރޭގައި ހިމެނޭ މި މަޝްރޫއު ފަށާފައިވަނީ ހިތަދޫ ރީޖަނަލް ޕޯޓް، އެޗްޕީއެލަށް މުހިންމު ހިދުމަތްތަކެއް އިފްތިތާޙުކުރުމަށް އެރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މި ހިދުމަތްތައް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ.
މި ރަސްމިއްޔާތުގައި ހިތަދޫ ވިޔަފާރި ބަނދަރަށް މުހިންމު 3 ހިދުމަތެއް އިފްތިތާހްކުރުމުގެ އެއްބަސްވުމެއްގައި އިގްތިސޯދީ ވުޒާރާއާއި ހިތަދޫ ރީޖަނަލް ޕޯޓްސްއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ވަޒީރު މުހައްމަދު ސަޢީދު ސޮއިކުރެއްވިއިރު، ޕޯޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑިސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން އެވެ.
މި 3 އެއްބަސްވުމަކީ ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ޒޯންގެ ހިދުމަތާއި، ބޮންޑެޑް ވެއާހައުސްގެ ހިދުމަތް އަދި ބަލްކް ކާގޯ ފެސިލިޓީގެ ހިދުމަތް ގާއިމުކުރުމެވެ.
މިކަމާ ގުޅިގެން އެމްޕީއެލް އިން ބުނީ ހިތަދޫ ވިޔަފާރި ބަނދަރުގައި މިހިދުމަތްތައް ފެށިގެންދިޔުމުން، މުދާ ކްލިއާ ކުރުމަށް ހިނގާ ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބާޒާރާ ގާތުން މުދާ އެތެރެކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.
މީގެއިތުރުން ބުނީ ހިތަދޫގެ އިތުރުން ދެކުނުގެ އަތޮޅުތަކަށްވެސް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެކުނުގެ އިމާރާތްކުރުމުގެ ދާއިރާއަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ފާހަގަކުރެ އެވެ.
ގުޅުންހުރި

ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

ހިތަދޫ ފުލެޓް ސަރަހައްދުގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯވެއްޖެ

މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި އެމްޕީއެލްގެ މުވައްޒަފަކު ފިޓްޖެހިގެން ނިޔާވެއްޖެ: ނިޔާވީ ދެއްވަދޫ ޒުވާނެއް!





