logoEN
cocacola
އިތުރު ވަގުތުގެ ތެރޭގައި ވަޖީހު ކާމިޔާބުކުރި ލަނޑާއެކު ހިތަދޫ ބަލިކޮށް ވިލިމާލެ ސެމީއަށް

އިތުރު ވަގުތުގެ ތެރޭގައި ވަޖީހު ކާމިޔާބުކުރި ލަނޑާއެކު ހިތަދޫ ބަލިކޮށް ވިލިމާލެ ސެމީއަށް

ހަސަން ޝަމްއޫން

logo

3/1/2024, 7:10:53 PM

# ގޯލްޑަން ފުޓްސަލް ޗެލެންޖު 2024# ވިލިމާލެ # ސ. ހިތަދޫ# ދިވެހި ކުޅިވަރު

ވަޖީހު ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ސ.ހިތަދޫ ބަލިކޮށް ވިލިމާލެ އިން މުބާރަތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

ވިލިމާލެ މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި ރައުންޑް އޮފް 16 ގައި ރ ދުވާފަރާއި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-2 ގެ ނަތީޖާއަކުން އެޓީމު ބަލިކުރުމަށްފަހު އެވެ.

މިމުބާރާތުގައި އަލަށް ވާދަކުރަމުން އަންނަ ސ. ހިތަދޫ އިން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ރައުންޑް އޮފް 16 ގައި އދ. މާމިގިލީ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހުގައެވެ.

ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވިލިމާލެ ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިސްމާއިލް ވަޖީހު އެވެ. މިއީ އެޓީމުގެ ސިޔާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހިތަދޫގެ ކެޕްޓަން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ވިލިމާލެ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މިމެޗުގެ ހަމައެކަނި ލަނޑު ވިލިމާލެ ޓީމަށް ކާމިޔާބުކޮށްދިން އެޓީމުގެ އިސްމާއިލް ވަޖީހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ