
ހިތަދޫ ފުލެޓް ސަރަހައްދުގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯވެއްޖެ
# އަލިފާން# ސ. ހިތަދޫ# އެމްއެންޑީއެފްއަލިފާން ރޯވި ސައިކަލުތައް- ފޮޓޯ: އެމްއެންޑީއެފް
އައްޑޫ، ސިޓީ ހިތަދޫ 11 ނަންބަރު ފުލެޓް ސަރަހައްދުގައި ހުރި ސައިކަލްތަކުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 04:10 ހާއިރު ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ގޮސް ކުރި މަސައްކަތުން ސައިކަލްގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 04:25 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި ދެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގުޅުންހުރި

މުދާ އުފުލާ ބޯޓެއް ދިޔަވާން ފެށުމުން ސިފައިން އެހީވެއްޖެ

ހިތަދޫ ފުލެޓް ސަރަހައްދުގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯވެއްޖެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އަތުލައިގަނެފި





