
ފަޔަރ އިންވެސްޓިގޭޝަން ކޯސް ފުރިހަމަކުރި ފުލުހުން- ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންނަށް ފަޔާ އިންވެސްޓިގޭޝަން ކޯސް ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިއީ ތައިލެންޑުގެ އިންވެސްޓިގޭޓިވް ފޮރެންސިކް އިންޓަގްރޭޝަން ކޮމްޕެނީ އާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެން ކުރިއަށްގެންދިޔަ ކޯހެއް ކަމަށެވެ.
މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިޔަ މި ކޯހުގައި އަލިފާނުގެ ހާދިސާތައް ހިނގާ ސަރަހައްދުތައް ބަލައި ފާސްކުރުމާއި، އަލިފާން ފެތުރިފައިވާ ގޮތް ދެނެގަތުމާއި، އަލިފާން ރޯވި ސަބަބާއި އަސްލު ދެނެގަތުމުގެ އިތުރުން، އެފަދަ ހާދިސާތަކުގެ ހެކި ދެނެގަނެ ތަފުސީލީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ އިލްމާއި އަމަލީ ހުނަރު ދަސްކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސްޕެޝަލިސްޓް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ފޮރެންސިކް ފުލުހުން ހިމެނޭ ގޮތަށް 20 ފުލުހުން ކޯހުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި ކާމިޔާބުކަމާއެކު މި ކޯސް ފުރިހަމަކޮށްފައިވާކަންވެސް ފުލުހުން ފާހަގަކުރި އެވެ.
މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގަ އެވެ.
ގުޅުންހުރި

ފުލުހުންނަށް ފަޔަރ އިންވެސްޓިގޭޝަން ކޯސް ކުރިއަށް ގެންގޮސްފި

އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ފުލުހުންގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ

ޔޫ.އެސް ޑިޕްލޮމެޓިކް ސެކިއުރިޓީން ކޭނައިން ޓްރެއިންގްތަކެއް ކުރިއަށް ގެންގޮސްފި




