logoEN
WAMCO TOP 1
ވައިގެ މަގުން އެތެރެކުރަން އުޅުނު 8.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 8.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޖަޒްލާ މުހައްމަދު

logo

6/10/2026, 11:51:00 AM

# ކަސްޓަމްސް ސާވިސަސް# މަސްތުވާތަކެތި# ފުލުހުން

ކަސްޓަމްސް އިން ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި- ފޮޓޯ:ކަސްޓަމްސް

8.49 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

THE TRAVELLER AD

ކަސްޓަމްސް އިން ބުނީ މިއީ ވައިގެ މަގުން އިއްޔެގެ ވަގުތެއްގައި ރާއްޖެ އައި ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެތި ކަމަށެވެ.

ކަސްޓަމްސްއިން ބުނީ މި އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލް ކަމަށެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 8490 ގްރާމް ނުވަތަ 8.4 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 6 މިލިޔަން ރުފިޔާ އަށްވުރެ ގިނަ ރުފިޔާ އިތުރުވާނެކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ. އަދި މިއީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ބޮޑު ސިޕްމެންޓެއްކަމަށް ކަސްޓަމްސްއިން ބުންޏެވެ.

View post on Twitter

މީގެއިތުރުން ކަސްޓަމްސްއިން ބުނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލާގައި އަތުލައިގަތް ތަކެއްޗާއި އެތަކެތި އެތެރެކުރި މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC