
ޔޫ.އެސް ޑިޕްލޮމެޓިކް ސެކިއުރިޓީން ކޭނައިން ޓްރެއިންގް ތެރެއިން- ފޮޓޯ: ފުލުހުން
ޔޫ.އެސް ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ކޭނައިން ހާއްސަ ޓްރެއިންގް ތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި ޓްރެއިންގް ކުރިއަށްގެންދިޔައީ މިދިޔަ މަހުގެ 22 އިން ފެށިގެން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓްގައި ކަމަށެެވެ.
މިއީ ކޭނައިން އޮޕަރޭޝަންސްގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މި ޓްރެއިނިންގ ސެޝަންތަކުގައި އިންޑޯ އަދި އައުޓްޑޯގައި ފާރަ މަސައްކަތްކުރާ ގޮތުގެ ޑެމޮންސްޓްރޭޝަންތަކާ އެކު ތަމްރީނުދީފައިވާ ކަމަށް ފުލުހުން ފާހަގަކުރި އެވެ.
ޓްރެއިންގް ތެރެއިން- ފޮޓޯ: ފުލުހުން
މީގެއިތުރުން ފާރަ ބޭނުންކޮށްގެން، އެންމެ ފަހުގެ ހުނަރުތަކާއެކު ޔޫ.އެސްގެ ވެޓިރެނަރީ ހާއްސަ ޑޮކްޓަރުގެ އިރުޝާދާއެކު ފަސްޓްއެއިޑް ޓެކްނިކްސް ކުލާސްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވެހިކަލް ބަލައިފާސްކުރާނެ ގޮތުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ގުޅުންހުރި

އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ފުލުހުންގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ

ޔޫ.އެސް ޑިޕްލޮމެޓިކް ސެކިއުރިޓީން ކޭނައިން ޓްރެއިންގްތަކެއް ކުރިއަށް ގެންގޮސްފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 8.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި




