logoEN
WAMCO TOP 1
އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު އިއާދަވާނެ ކަމަށް އައިމްއެފްއިން ލަފާކޮށްފި

އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު އިއާދަވާނެ ކަމަށް އައިމްއެފްއިން ލަފާކޮށްފި

# އައިއެމްއެފް# ރާއްޖޭގެ އިގްތިސާދު

ކާގޯ ބޯޓް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވީ ގެއްލުން މި އަންނަ އަހަރުން ފެށިގެން އާންމު ހާލަތައް އިއާދަވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.

THE TRAVELLER AD

މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތައް ރާއްޖެ އަށްވަނީ އައިއެމްއެފްގެ ވަފްދަކުން ޒިޔާރަތްކޮށް، ހާލަތައް ރިއާޔަތްކޮށް ރިޕޯޓެއް ނެރަފަ އެވެ.

ރިޕޯޓުގައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް އުފުލުމާއި ޓޫރިޒަމަށް ކުރި ނޭދެވޭ އަސަރުތަކާއެކު މި އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން އެއް ޕަސެންޓަށް މަޑުޖެހޭނެ ކަމަށް ލަފާކޮށްފަ އެވެ.

ނަމަވެސް މިއަންނަ އަހަރު ތެރޭގައި އިގްތިސޯދު ކުރީގެ ހާލަތައް އިއާދަވާން ފަށާނެ ކަމަށް އައިއެމްއެފް އިން ބުންޏެވެ. އަދި އައިއެމްއެފްގެ ރިޕޯޓުގައި ލަފާކޮށްފައިވަނީ މެދުރާސްތާގައި ރާއްޖޭގެ އިގްތިސޯދު 4 ޕަސެންޓުގެ މިންގަނޑަށް ރުޖޫއަވާނެ ކަމަށެވެ.

މީގެއިތުރުން އައިއެމްއެފުން ބުނީ މި އަހަރުގެ ތެރޭގައި ސުކޫކު ބޮންޑާއެކު، ބޭރުގެ ބޮޑެތި ދަރަނިތަކެއް އަނބުރާ ދެއްކުމުން ކައިރި މުސްތަގުބަލެއްގައި ޑިފޯލްޓުވުމުގެ ހާލަތައް ލުޔެއް ލިބުނު ނަމަވެސް، ދަރަނި ދެއްކުމުގެ ގާބިލުކަމަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށެވެ.

މިގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން، އިމްޕޯޓަށް ކުރާ ހޭދަ ބޮޑުވެ، ކަރަންޓު އެކައުންޓު ޑެފިސިޓު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އައިއެމްއެފުން ބުނީ މި ދަތިތަކުން އަރައިގަންނަން ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އިގްތިސޯދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި މާލީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކާއި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ވިޔަފާރި އަދި މޫސުމީ ބަދަލުތަކަށް އެކަށީގެންވާ ފަދަ ނިޒާމެއް ގާއިމްކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ބޭރުގެ މާކެޓުތަކަށް ބަރޯސާވުން އިތުރުވެ، މުސްތަގުބަލުގައި އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވެދޭނެ ކަމަށް އައިއެމްއެފުން ބުންޏެވެ.

މީގެއިތުރުން އައިއެމްއެފުން ބުނީ ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް އަމިއްލަ ދާއިރާ ކުރިއެރުވުމަށްޓަކައި ގާނޫނީ އަދި އިދާރީ ހިންގުން ހަރުދަނާކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަކީ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަމެއްކަމަށް އައިއެމްއެފުން ބުންޏެވެ. އަދި އިއާދަކުރަނިވި ހަކަތައް ބަދަލުވުމަކީ އިގްތީސޯދީ ގޮތުން ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށް އައިއެމްއެފުން ބުނީ ތެލުގެ އަގު އުފުލޭ ދަނޑިވަޅުތަކުގައި ސަބްސިޑީއަށްކުރާ ހޭދަ ކުޑަކުރުމަށް ބޮޑު އެހީއަކަށްވެގެން މިކަން ވެގެންދާނެ ކަމަށެވެ.

ދައުލަތުގެ ދަރަނި ކުޑަކޮށް، މާލީ ހަމަޖެހުން ގާއިމްކުރުމަށްޓަކައި ފަށާފައިވާ އިސްލާހީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކޮށް އައިއެމްއެފުން ބުނީ ކެޕިޓަލް ހަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ އިތުރުން އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެހެން ސަބްސިޑީގެ ނިޒާމު މުރާޖައާކުރެވޭނެ ކަމަށެވެ.

އައިއެމްއެފުން ބުނީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކަށް ވާން ޖެހޭނީ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމާއި ދަރަނި މެނޭޖުކުރުމާއި ދައުލަތުގެ މާލިއްޔާ ވަރުގަދަކުރުން ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC