logoEN
WAMCO TOP 1
ބަންކަރިންގ ހިދުމަތުން މިހާތަނަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް

ބަންކަރިންގ ހިދުމަތުން މިހާތަނަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް

# ބަންކަރިންގ ހިދުމަތް# ރާއްޖޭގެ އިގްތިސާދު

-

ބަންކަރިން ޚިދުމަތުން މިހާތަނަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ބަންކަރިންގ ހިދުމަތުން ރަނގަޅު އާމްދަނީއެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް މި ހިދުމަތުން ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

2024ވަނަ އަހަރު ފެށި ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފެށި މަސައްކަތެކެވެ.

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަގްވާމީ ގޮތުން މިހިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މި ހިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށް ވުރެ ފުޅާކޮށް މިހިދުމަތް ދިނުމެވެ.

ކޮމެންޓް
ފަހުގެ
HDC