logoEN
WAMCO TOP 1
ވޯލްޑްކަޕް: ކެނަޑާ އިން ބޮސްނިއާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ވޯލްޑްކަޕް: ކެނަޑާ އިން ބޮސްނިއާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

6/12/2026, 9:23:10 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026

ކެނަޑާ އާއި ބޮސްބިއާ ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިރޭ ކެނަޑާ އާއި ބޮސްނިއާ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

THE TRAVELLER AD

ކެނަޑާ އިން ވޯލްޑްކަޕްގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް އެޓީމު ބަލިވެފައިވާއިރު، މިއީ ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގައި އެޓީމުން ހޯދި ފުރަތަމަ ޕޮއިންޓެވެ. އަދި މިއީ މިދެޓީމު ވާދަވެރި މެޗެއްގައި މިހާތަނަށް ކުޅުނު ފުރަތަމަ މެޗެވެ.

ކެނަޑާގެ ޓޮރެންޓޯ ސިޓީގެ ބީއެމްއޯ ފީލްޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ކެނަޑާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބޮސްނިއާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޖޯވޯ ލުކިޗް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސާބިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ކެނަޑާ އިން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖުރިބާކާރު ފޯވާޑް ސިލީ ލެރިން އެވެ

މީގެ އިތުރުން މެޗުގެ ފަހުކޮޅު ކެނަޑާ އިން ކުރިއަށްޖެހި ލަނޑެއްްޖެހޭތޯ ވަރަށް މަސައްކަތްކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮވެގެންނެވެ.

ކޮމެންޓް
ފަހުގެ
HDC