
އާންމު ބާޒާރުގައި ފިޔާގެ އަގުބޮޑުވި ނަމަވެސް، އެސްޓީއޯއިން ފިޔާ ކިލޯއެއް 13 ރުފިޔާއަށް ހުސްވުމެއްނެތި ލިބޭނެ!
# އެސްޓީއޯ-
އާންމު ބާޒާރުގައި ފިޔާގެ އަގު ބޮޑުވި ނަމަވެސް، ކުރިއެކޭވެސް އެއްގޮތަށް އެސްޓީއޯއިން ފިޔާ ކިލޯއެއް 13 ރުފިޔާއަށް ހުސްވުމެއްނެތި ލިބޭނެ ކަމުގެ ޔަގީންކަން ދީފިއެވެ.

ބާޒާރުގައި ފިޔާ ލިބުން ދަތިވެ، ބައެއް ފަރާތްތަކުން ނުހަނު އަގުބޮޑުކޮށް ފިޔާ ވިއްކަމުންދާ ކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި އާންމުން ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް އެސްޓީއޯއިން ބުނީ ބާޒާރުގެ ހާލަތަށް ބަދަލުތަކެއް އައި ނަމަވެސް، އެ ކުންފުނީގެ ސްޓޮކްގައި އެއްވެސް ހުސްވުމެއްނެތި ފިޔާ އެބަހުރި ކަމަށާއި، މި ދަނޑިވަޅުގައި އާންމު ރައްޔިތުންގެ ޖީބުތަކަށް ބާރުބޮޑުވިޔަނުދީ ހިފެހެއްޓުމަށްޓަކައި ކުރީގެ ހެޔޮ އަގުގައި ފިޔާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ބާޒާރުގެ ޑިމާންޑަށް ބަލައި ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަންނަ ހަފްތާގެ ތެރޭގައި އެސްޓީއޯއިން ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެކަން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ހޯލްސޭލް ބާޒާރަށް ގިނަ އަދަދެއްގެ ފިޔާ ނެރުމުން، އާންމު ބާޒާރުގައި މިހާރު އުފުލިފައިވާ ފިޔާގެ އަގުތައް އަނބުރާ ދަށަށް ގޮސް، ކުރީގެ ހަމަ އަގަށް ތިރިވެގެންދާނެ ކަމަށް ބެލެވެއެވެ.
ހަމައެކަނި މާލޭގެ އިތުރުން، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އެއްވެސް ދަތިކަމެއް ނެތި ފިޔާ ލިބޭނެ މަގު ފަހިކޮށްދިނުމަށް އެސްޓީއޯއިން ދަނީ ޚާއްޞަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށްވެސް ފިޔާގެ ޝިޕްމަންޓްތައް ފޮނުވައި، ހަމަހަމަކަމާއެކު ފިޔާ ލިބޭނެ އިންތިޒާމްތައް ވީހާވެސް އަވަހަކަށް ހަމަޖެއްސުމަށްޓަކައި ބާރުސްޕީޑުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ގުޅުންހުރި

އާންމު ބާޒާރުގައި ފިޔާގެ އަގުބޮޑުވި ނަމަވެސް، އެސްޓީއޯއިން ފިޔާ ކިލޯއެއް 13 ރުފިޔާއަށް ހުސްވުމެއްނެތި ލިބޭނެ!

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައި، ޚިދުމަތްތައް އައު އުސްމިންތަކަކަށް ގެންގޮސްފި

އެސްޓީއޯގެ ބިޔަ މަލްޓި-ސްޓޯރީ ވެއަރހައުސްގެ އަމަލީ މަސައްކަތް ފަށައިފި




