.webp&w=3840&q=75)
ފުލުހުންގެ އިދާރާ
މިދިޔަ ހަފްތާ އެކަނިވެސް ސްކޭމްގެ 36 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މައްސަލަތަކުގައި 118،370.05 ރުފިޔާ ގެއްލިފައިވާއިރު، މިހާތަނަށް 164،240.60 ރުފިޔާ ކާމިޔާބުކަމާއެކު އަނބުރާ ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ.
ސްކޭމްގެ ބާވަތްތައް:
* އީ- ކޮމާސް: 26 މައްސަލަ* ފައިސާ މާރުކުރުން: 1 މައްސަލަ* އެހެންމީހަކަށް ވެގެން އޮޅުވާލުން: 4 މައްސަލަ* އެހެނިހެން: 5 މައްސަލަ
ފުލުހުން ބުނީ ސްކޭމް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައިވާ މަންސަތަކަކީ އޮންލައިން މެސެޖިންގް މަންސަތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސްކަމަށެވެ.އޮންލައިން ވިޔަފާރި (އީ-ކޮމާސް) ސްކޭމްތަކަކީ ފާއިތުވި ހަފްތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކެވެ. އޮންލައިންކޮށް ވިޔަފާރިކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުގެ ބަދަލުގައި، އިތުބާރު ހިފޭ ވަސީލަތްތައް ބޭނުންކުރުމަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ. އަދި މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށާއި، ވާހަކަ ދެއްކެނީ އަސްލު ވިޔަފާރިއަކާތޯ ޔަގީންކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.
ގުޅުންހުރި

ފުލުހުންގެ 42 ވަނަ އަސާސީ ކޯހުގެ 140 ދަރިވަރުންނަށް ޖިންސީ ފުރައްސާރައިގެ ގާނޫނުގެ މައުލޫމާތު ދީފި
%20(1).webp&w=3840&q=75)
ކްރެޑިޓް އުސޫލުން ފުލުހުންނަށް އެއަރ ޓިކެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ފޯރުކޮށްދޭނެ "ވެންޑަރ ޕޫލް" ގައި ރަޖިސްޓްރީވާން ހުޅުވާލައިފި




