logoEN
WAMCO TOP 1
މިފެށުނު ހިޖުރީ އަހަރު ވެގެންދާނީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ބޮޑު ކުރިއެރުމެއް އަންނާނެ ފާހަގަތި އަހަރަކަށް - ޝަހީމް

މިފެށުނު ހިޖުރީ އަހަރު ވެގެންދާނީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ބޮޑު ކުރިއެރުމެއް އަންނާނެ ފާހަގަތި އަހަރަކަށް - ޝަހީމް

އަހުމަދު ޝުރާއު

logo

6/16/2026, 8:06:54 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

-

ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށިގެން ދާއިރު، މިއަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ނުހަނު ފާހަގަތި އަދި ބޮޑެތި ކާމިޔާބީތަކެއް ލިބިގެންދާނެ އަހަރަކަށް ވެގެންދާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު ހާމަކުރެއްވި ގޮތުގައި، ސަރުކާރުން އިސްލާމީ ދާއިރާ ހަރުދަނާކުރުމަށް ފަށާފައިވާ ބޮޑެތި މަޝްރޫޢުތަކާއެކު މިއަހަރުގެ ތެރޭގައި ރާއްޖޭގެ ދީނީ އަދި އުމްރާނީ ބިންގާ ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެއެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި ރާއްޖޭގައި ތަމްރީނުވެގެން ޚިދުމަތްކުރާ ޒުވާން ޚަޠީބުންގެ ޢަދަދު 1,000 އަށް އަރާނެ ކަމަށާއި، ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޒުންގެ ޢަދަދު 350 އަށް ގާތްކުރާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން، ދައުލަތަށް ދާއިމީ ގޮތެއްގައި އާމްދަނީ ހޯދުމަށް ފަށާފައިވާ ބިޔަ ބޮޑު ވަޤުފު ބިނާތަކުގެ މަސައްކަތްތައް މިއަހަރު މުޅިން ނިމި، ވަޤުފު ފަންޑާއި ޒަކާތު ފަންޑަށް ލިބޭ މާލީ އެހީތެރިކަން އިތުރުވެގެންދާނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ އަމަލީ މަސައްކަތްތައްވެސް ނިމުމަކާ ގާތްވާނެއެވެ.

އިސްލާމީ އުމްރާނީ ތަރައްޤީއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ބޮޑު އުންމީދަކީ ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ރަސްމީކޮށް ފެށިގެންދިއުމެވެ. މީގެ އިތުރުން، އަތޮޅުތަކާއި ހުޅުމާލޭގައި މިހާރުވެސް ބިނާކުރަމުންދާ ދާއިމީ ގިނަ މިސްކިތްތަކެއްގެ މަސައްކަތްތައް މިއަހަރު މުޅިން ނިންމައި، ނަމާދުކުރުމަށް ރަސްމީކޮށް ހުޅުވިގެންދާނެއެވެ. މިއީ ރާއްޖޭގެ މިސްކިތްތަކުގެ ވިއުގައަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހަކަމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރިއަށް އޮތް 1448 ވަނަ އަހަރަކީ ދިވެހިރާއްޖެ އިސްލާމީ ހިދާޔަތް ޤަބޫލުކުރިތާ ބަރާބަރު 900 އަހަރު ފުރޭ ތާރީޚީ އަހަރެވެ. އެހެންކަމުން، ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ހަރުދަނާ ބިންގާތަކެއް މިއަހަރު އެޅިގެންދާނެއެވެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ވުޒާރާގެ އެންމެ ބޮޑު އަޒުމަކީ ރާއްޖޭގެ މި އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓާނެ ހަރުދަނާ، ދީނަށް ލޯބިކުރާ ޒުވާން ޖީލަކާއި ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުމެއް ޤައުމަށް ގެނެސްދިނުން ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC