
މ. އަތޮޅުގެ ފުރަތަމަ ހާފިޒާއާ ވަޒީރު ބައްދަލުކުރައްވައިފި
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މީމު އަތޮޅުން ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރި ފުރަތަމަ އަލްޙާފިޡާ ފާޠިމަތު މޫނިސާ މޫސާއާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އަލްހާފިޡާ ފާޠިމަތު މޫނިސާ މޫސާއާއި ބައްދަލުކުރައްވާ އަލްޙާފިޡާ ފާޠިމަތު މޫނިސާ މޫސާ ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ކީރިތި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވަވާފައެވެ.
މ. މުއްޔަށް އުފަން އުމުރުން 19 އަހަރުގެ އަލްޙާފިޡާ ފާޠިމަތު މޫނިސާ މޫސާ، ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރީ 18 މޭ 2026 ގައެވެ. ޙާފިޡްކަމުގެ ސަނަދު ޙާސިލްކޮށްފައިވަނީ އެއް ވަނަ ދަރަޖައިގައި ފާސްވެގެންނެވެ.
ގުޅުންހުރި

މ. އަތޮޅުގެ ފުރަތަމަ ހާފިޒާއާ ވަޒީރު ބައްދަލުކުރައްވައިފި

މިއަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، ސައުދީ ރަސްގެފާނާއި ސަރުކާރަށް ޝަހީމް ތަހުނިޔާ ފޮނުއްވައިފި

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އިިސްލާމީ ޙުދޫދުގެ ތެރޭގައި ދަމަހައްޓަންޖެހޭ- މިނިސްޓަރު ޝަހީމް
.jpeg&w=3840&q=75)



