logoEN
WAMCO TOP 1
މިއަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، ސައުދީ ރަސްގެފާނާއި ސަރުކާރަށް ޝަހީމް ތަހުނިޔާ ފޮނުއްވައިފި

މިއަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، ސައުދީ ރަސްގެފާނާއި ސަރުކާރަށް ޝަހީމް ތަހުނިޔާ ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

5/29/2026, 2:33:11 PM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

-

ނިމިދިޔަ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސައުދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި ވަލީއަހުދަށް، އަދި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

THE TRAVELLER AD

މި މުނާސަބަތުގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވަނީ، ދެ ހަރަމްފުޅުގެ ޚާދިމް، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ޚާއްޞަ ތަހުނިޔާއެއް ރައްދުކުރައްވާފައެވެ.

މީގެ އިތުރުން، ޙައްޖާޖީންނަށް ޚިދުމަތްކުރުމުގައި ސައުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި، މިނިސްޓްރީ އޮފް އިންޓީރިއާގެ އިތުރުން، ކަމާގުޅުންހުރި ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކުން ކުރި ބުރަ މަސައްކަތްތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެ މުއައްސަސާތަކުގެ ފުރިހަމަ ރޭވުންތެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން، މިއަހަރުގެ ޙައްޖު މޫސުން ނުހަނު ކާމިޔާބުކަމާއި ފުރިހަމަކަމާއެކު ކުރިއަށްދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ، ޙައްޖާޖީންނަށް ޚިދުމަތްކުރުމުގައި ސައުދީން ކުރި މާތް މަސައްކަތްތަކަށް اللهއަށް ހެޔޮ ޖަޒާ ދެއްވުމަށާއި، އެ ޤައުމަށް އަމާންކަމާއި ހަމަޖެހުމާއި ފާގަތިކަން ދެމެހެއްޓެވުމަށް އެދި ދުޢާކުރައްވަމުންނެވެ. އަދި ހުރިހާ ޙައްޖާޖީންގެ ޙައްޖާއި، މުސްލިމުންގެ ހެޔޮ ދުޢާތަކާއި އަޅުކަންތައް މާތް اللهއަށް ޤަބޫލުކުރެއްވުން އެދިވެސް ވަޒީރު ދުޢާ ދަންނަވާފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC