logoEN
WAMCO TOP 1
ބޮލީވުޑް މިއުޒިކަށް ބޮޑު ސިހުމެއް: އަރިޖިތަށްފަހު ޕްރީތަމް ވެސް ފިލްމްތަކަށް ލަވަކިޔުން ހުއްޓާލަނީ؟

ބޮލީވުޑް މިއުޒިކަށް ބޮޑު ސިހުމެއް: އަރިޖިތަށްފަހު ޕްރީތަމް ވެސް ފިލްމްތަކަށް ލަވަކިޔުން ހުއްޓާލަނީ؟

ސާރާ އަހުމަދު

logo

6/15/2026, 12:15:14 PM

# ބޮލީވުޑް

--

އިންޑިއާގެ ޕްލޭބެކް ސިންގިންގް ނުވަތަ ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް އިއުލާނުކޮށް ހިންދީ ފިލްމުތަކަށް ލޯބިކުރާ އެންމެން ސިއްސުވާލިތާ މަދު މަސްކޮޅެއްގެ ތެރޭގައި، ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް މިއުޒިކް ކޮމްޕޯޒަރު ޕްރީތަމް ވެސް އެފަދަ ނިންމުމެއް ނިންމަން އުޅޭކަމުގެ އިޝާރާތެއް ދީފިއެވެ.

THE TRAVELLER AD

އޭނާގެ އުފަންދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި އަސަރުގަދަ މެސެޖެއްގައި ވަނީ، މިއީ "އާ ދަތުރަކަށް ފަށަންވީ ވަގުތު" ކަމަށް ބުނެފައެވެ.

އިންސްޓަގްރާމްގައި އާންމުކުރި އޭނާގެ ކަޅާއި ހުދުގެ ފޮޓޯތަކަކާއެކު ޕްރީތަމް ލިޔެފައިވަނީ، އަމިއްލަ ނަފްސަށް ދޭ ހަދިޔާއެއްގެ ގޮތުން ދިރިއުޅުން މުޅިން ތަފާތު ގޮތަކަށް ބަދަލުކޮށްލަން ނިންމާފައިވާ ކަމަށެވެ. އަދި މިހާތަނަށް ދިރިއުޅުމުގައި އޭނާއަށް ގެއްލިފައިވާ ކަންކަން އަލުން ހޯދަން ބޭނުންވާ ކަމަށް ވެސް ބުނެފައިވެއެވެ. ބޮލީވުޑްގެ މައިގަނޑު މިއުޒިކް އިންޑަސްޓްރީއާ ދުރަށް ދާން އުޅޭކަމުގެ ސިގްނަލް ދެމުން އޭނާ އިތުރަށް ބުނީ، މެއިންސްޓްރީމް މިއުޒިކަކީ ކާމިޔާބު ދަތުރެއް ނަމަވެސް، އޭނާ އަބަދުވެސް ޝައުގުވެރިވަނީ މީގެ ކުރިން ދަތުރުނުކުރާ އާ މިސްރާބުތަކަށް މިސްރާބު ޖަހަން ކަމަށެވެ.

undefined

މި ޕޯސްޓާއެކު ޕްރީތަމްގެ ފޭނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ، އޭނާ މިއުޒިކީ ދާއިރާއިން ރިޓަޔާ ކުރަނީތޯ ސުވާލު އުފައްދަން ފަށާފައެވެ. ޚާއްސަކޮށް އަރިޖިތު ސިންގް އާއި ޕްރީތަމްގެ ކޮމްބިނޭޝަނުން ދެން އާ ލަވަތަކެއް ނުފެންނާނެތީ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ. "ވަޓް ޖުމްކާ"، "ތޭރޭ ހަވާލޭ" އަދި "ކޭސަރިޔާ" ފަދަ ބޮޑެތި ހިޓް ލަވަތައް ގެނެސްދިން މި ދެތަރިންނަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ ދެ ބައިވެރިންނެވެ.

ކޮމެންޓް
ފަހުގެ
HDC