logoEN
WAMCO TOP 1
ދިޝާނީ އެންގޭޖުވެއްޖެ

ދިޝާނީ އެންގޭޖުވެއްޖެ

ސާރާ އަހުމަދު

logo

6/15/2026, 11:59:49 AM

# ބޮލީވުޑް

--

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބޯޓީގެ އަންހެން ދަރިފުޅު ދިޝާނީ ޗަކްރަބޯޓީ އޭނާގެ ލޯބިވެރިޔާ މައިލްސް މަންޒާރިސްއާ އެންގޭޖްވެއްޖެއެވެ.

THE TRAVELLER AD

undefined

މި އުފާވެރި ޚަބަރު ދިޝާނީ އާއި އޭނާގެ ބައިވެރިޔާ ހިއްސާކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ހިތްގައިމު ފޮޓޯތަކަކާއެކުއެވެ. މި ދެތަރިން އެންގޭޖްވި ނަމަވެސް، ކައިވެނި ކުރާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

ދިޝާނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކުރި ގޮތުގައި އެމީހުންގެ ދިރިއުޅުމުގެ މި ޚާއްސަ ދުވަހަކީ ޖޫން މަހުގެ 6 ވަނަ ދުވަހެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކަނޑުގެ ހިތްގައިމު އައްސޭރިއެއްގައި، މައިލްސް ވަނީ އެއް ކަކޫ މައްޗަށް ތިރިވެ ދިޝާނީއަށް ކައިވެނީގެ ހުށަހަޅުން ހުށަހަޅާފައެވެ. ސަންފްލާވަރ މާތަކާއި އުުުުުއްބައްތިތަކުން ޒީނަތްތެރިކޮށްފައިވާ އެ މާހައުލުގައި ދިޝާނީ އިނގިލީގައި އަޅާފައިވާ އަގުބޮޑު އަލިމަހުގެ އަނގޮޓި ދައްކާލަމުން ދިޔައީ އުފަލުން ފުރިގެންވާ ހިނިތުންވުމަކާއެކުއެވެ.

ދިޝާނީގެ ބައިވެރިޔާ މައިލްސްއަކީ ކެމެރާ އޮޕަރޭޓަރެއްގެ އިތުރުން ކަލަރިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތެކެވެ.

މި އެންގޭޖްމެންޓްގެ ފޮޓޯތަކަށް މިތުންގެ ފިރިހެން ދަރިފުޅު އަދި އެކްޓަރު މިމޯ ޗަކްރަބޯޓީ އާއި މަޝްހޫރު ބަތަލާ ސެލީނާ ޖެއިޓްލީ ވެސް ވަނީ މަރުހަބާ ކިޔާފައެވެ. ނަމަވެސް މިތުން އަދި މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް މީޑިއާގައި ބުނެފައެއް ނުވެއެވެ.

ދިޝާނީއަކީ މިތުން އާއި އޭނާގެ އަންހެނުން ޔޮގީތާ ބާލީ އެޑޮޕްޓްކުރި ކުއްޖެކެވެ. މިތުންގެ ޖުމްލަ ހަތަރު ކުދިން ތިބޭއިރު، ދިޝާނީއަކީ އާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. މީގެ ކުރިން ދިޝާނީ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ބައްޕަގެ ކިބައިން ލިބުނު އެންމެ ބޮޑު ނަސޭހަތަކީ، މަސައްކަތަށް އިހުލާސްތެރިވުމާއި، ހިތްހެޔޮ ރަނގަޅު އިންސާނަކަށް ވުން ކަމަށެވެ. އަދި ބައްޕަ މިއަދު އެހާ ކާމިޔާބު މީހަކަށްވީ ވެސް އެ ރީތި އަޚުލާގުގެ ސަބަބުން ކަމަށް އޭނާ ގަބޫލުކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC