logoEN
WAMCO TOP 1
ހިޔާ ޓަވަރު 13، 14 އަދި 15 ގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި

ހިޔާ ޓަވަރު 13، 14 އަދި 15 ގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

6/15/2026, 8:54:07 AM

# އެޗްޑީސީ

-

ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ޓަވަރު 13، 14 އަދި 15 ގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

THE TRAVELLER AD

އެޗްޑީސީން ބުނީ މިއާއެކު، ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން އެންމެ ފަހުން މަސައްކަތް ނިމުނު ޓަވަރު 13، 14 އަދި 15 މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ހިޔާގެ 25 ފަންގިފިލާގެ 16 ޓަވަރު ތަރައްގީކުރިއިރު އެތަންތަނުގައި ހަރުކޮށްފައިވަނީ ސްޓްރެޗާ އެރުވޭހާ ޖާގަ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. އަދި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކަށް އަރައި ފޭބުމަށް ދަތިވާކަމުގެ ކަންބޮޑުވުން އެ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް، ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އެގޮތުން ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރާ އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި އެ ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ހުންނާނެއެވެ.

ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރުތަކެއްގައި އެ ލިފްޓުތައް ހަރުކޮށް މިހާރު ނިމިފައިވާއިރު، އެޗްޑީސީގެ އަމާޒަކީ ބާކީ ޓަވަރުގެ މަސައްކަތްވެސް ވީހާވެސް އަވަހަކަށް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.

ކޮމެންޓް
ފަހުގެ
HDC