logoEN
WAMCO TOP 1
ހުޅުމާލޭ ފަޅުތެރެއިން އިއްޔެ އެކަނިވެސް 61 ޖަންބޯ ބޭގްގެ ކުނި ނަގައިފި

ހުޅުމާލޭ ފަޅުތެރެއިން އިއްޔެ އެކަނިވެސް 61 ޖަންބޯ ބޭގްގެ ކުނި ނަގައިފި

އަހުމަދު ޝުރާއު

logo

6/15/2026, 8:17:07 AM

# އެޗްޑީސީ

-

ހުޅުމާލެއަކީ އެންމެނަށް ހިތްފަސޭހަ، ސާފުތާހިރު އަދި ދިރިއުޅެން ފަހި މާހައުލެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

ކަނޑާއި ފަޅުގެ މާހައުލު ހިމާޔަތްކޮށް، ކުނީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެޗްޑީސީގެ މުވައްޒަފުން ނިކުމެ ކުރި މި މަސައްކަތުން ވަނީ ގިނަ އަދަދެއްގެ ކުނި ފަޅުތެރެއިން ނަގާފައެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، އިއްޔެ ކުރިއަށްދިޔަ މި ސާފުކުރުމުގެ ބޮޑު ހަރަކާތުގައި ހުޅުމާލޭ ފަޅުތެރޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 61 ޖަންބޯ ބޭގްގެ ކުނި ވަނީ އެއްކޮށްފައެވެ. ފަ

ޅުތެރެއިން ނެގި ކުނީގެ ތެރޭގައި ގިނައިން ހިމެނެނީ އާންމުންނާއި ދަތުރުވެރިން މަގުތަކަށާއި ފަޅުތެރެއަށް އުކާލާފައި ހުރި ޕްލާސްޓިކް ފުޅިއާއި، ކޮތަޅާއި، ދަަޅުގެ އިތުރުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުން އުކާލާފައިވާ އެކި ބާވަތްތަކުގެ ކުނިބުންޏެވެ.

މިފަދަ ހަރަކާތްތަކަކީ ހުޅުމާލޭގެ ފަޅުގެ ސަރަހައްދާއި ބީޗް ހިމެނޭހެން މުޅި ރަށުގެ ރީތިކަން ދެމެހެއްޓުމަށް އެޗްޑީސީން ސިލްސިލާކޮށް ރާވައިގެން ހިންގާ ހަރަކާތްތަކެކެވެ. ނަމަވެސް ކުންފުނިން އެކަނި ކުރާ މަސައްކަތުން މިކަން ދާއިމީކޮށް ހައްލުނުކުރެވޭނެތީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް ކުނި އުކާލުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް އެޗްޑީސީން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC