logoEN
WAMCO TOP 1
ހިޔާ ޓަވަރުން ކޮމާޝަން ޔުނިޓް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ހިޔާ ޓަވަރުން ކޮމާޝަން ޔުނިޓް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ޖަޒްލާ މުހައްމަދު

logo

6/10/2026, 12:32:45 PM

# ހިޔާ ޓަވަރު# ހުޅުމާލެ ފޭސް 2# އެޗްޑީސީ

ހިޔާ ޓަވަރު

ހުޅުމާލެ ފޭސް 2 ގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުން ދެ ކޮމާޝަލް ޔުނިޓް ކުއްޔަށް ދޫކުރުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

THE TRAVELLER AD

އެޗްޑީސީން ކުރި އިއުލާނުގައިވާގޮތުން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވަނީ ހިޔާ 12 ވަނަ ޓަވަރުގެ 546.27 އަކަފޫޓުގެ ޔުނިޓަކާއި ހިޔާ 10 ވަނަ ޓަވަރުގެ 554.66 އަކަ ފޫޓުގެ ޔުނިޓެކެވެ.

އެޗްޑީސީން ބުނީ ޕްރި-ޕްރޮޕޯސަލް ބައްދަލުވުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި މި ބައްދަލުވުން ކުރިއަށްގެންދާނީ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށް އޮންލައިންކޮށްކަމަށް އެޗްޑީސީން ބުންޏެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އަށް މެއިލްކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މިއަންނަ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 01:00 އާއި 02:00 އާ ދެމެދު އެޗްޑީސީ ބިލްޑިންގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާއިރު، ބިޑް ހުޅުވުން އޮންނާނީ މި އަންނަ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 02:00 ގައި ހަމަ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގަ އެވެ.

ކޮމެންޓް
ފަހުގެ
HDC