logoEN
WAMCO TOP 1
ހުޅުމާލޭގެ 3 ސަރަހައްދެއްގައި ބޮޑުސްކްރީން ބަހައްޓައިފި: ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ހިލޭ ބެލޭނެ!

ހުޅުމާލޭގެ 3 ސަރަހައްދެއްގައި ބޮޑުސްކްރީން ބަހައްޓައިފި: ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ހިލޭ ބެލޭނެ!

އަހުމަދު ޝުރާއު

logo

6/11/2026, 11:20:21 AM

# އެޗްޑީސީ

-

މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ މެޗުތައް ބެލުންތެރިންނަށް އެންމެ ފުރިހަމައަށް ގެނެސްދިނުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑުސްކްރީންތައް ބަހައްޓައިފިއެވެ.

THE TRAVELLER AD

މި ބޮޑު ސްކްރީންތައް ބަހައްޓާފައިވާ ހުރިހާ ސަރަހައްދަކުންވެސް މިއަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބޮޑު ސްކްރީނުން އާންމުންނަށް އެއްވެސް ފީއަކާ ނުލައި ހިލޭ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ހުޅުމާލޭގެ ތިން ސަރަހައްދަކީ:

  1. ހުޅުމާލެ ފޭސް 1: ސެންޓްރަލް ޕާކު
  2. ހުޅުމާލެ ފޭސް 1: ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ސަރަހައްދު
  3. ހުޅުމާލެ ފޭސް 2: ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ސަރަހައްދު

ވޯލްޑް ކަޕުގެ ފޯރި މުޅި ރާއްޖޭގައިވެސް ގަދަވެފައިވާއިރު، އެޗްޑީސީއާއި ޕީއެސްއެމްގެ ބޭނުމަކީ ހުޅުމާލޭގެ ދެ ފޭސްއެއްގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށްވެސް، އާއިލާއާއި ރައްޓެހިންނާއެކު އަމާން އަދި އެހާމެ ފޯރިގަދަ މާހައުލެއްގައި މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މެޗުތައް ބަލަންދާ ސަޕޯޓަރުންނަށް ފަސޭހަވާނެހެން އެ ސަރަހައްދުތައް މިހާރު ވަނީ ތައްޔާރުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC