logoEN
WAMCO TOP 1
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކޮށްފި

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކޮށްފި

# ޕޭޕަލް# އުރީދޫ މޯލްޑިވްސް# ރައީސް މުއިއްޒު

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް އުރީދޫ މޯލްޑިވްސް އިން ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

THE TRAVELLER AD

ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި ޕޭޕަލްގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރު އާމިރު ވިލިއާނާނީ ވާހަހަކަދެއްކި އެވެ. އާމިރު ވިލިއާނީ ވިދާޅުވީ ޕޭޕަލްގެ ޒަރިއްޔާ އިން ރާއްޖޭގައި އިތުބާރު ކުރެވޭ މާލީ މުއާމަލާތްތަކެއް ޤާއިމުކުރެވުމަކީ މީހުންނާއި ވިޔަފާރިތައް ގުޅި ލާމެހުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސަރުކާރުން ގެންގުޅޭ 2.0ގެ ތަސައްވުރާއި ގުޅިގެން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ އިގްތިސާދީ ސިންދަފާތުކުރުންތަކުގައި ރާއްޖެ އާ ހަރުފަރތަކަށް ގެންދާނެ ކަމެއް ގޮތުގައި އާމިރު ވަނީ ސިފަކުރައްވާފައެވެ.

"ފްރީލަންސަރުންނާއި، ވިޔަފާރިވެރިންނާއި، އާ ފުރުސަތުތައް ހޯދާ ފަރާތްތަކަށް އިތުބާރު ކުރެވޭ މާލީ މުއާމަލާތުތަކެއް ކުރެވުމަކީ އެ ފަރާތްތަކަށް ކުރިއެރުމަށް ލިބޭ ފުރުސަތެއް." ޕޭޕަލްގެ ނައިބު ރައީސް އާމިރު ވިލިއާނީ ވިދާޅުވިއެވެ.

މި ހިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް ދޫކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގަ އެވެ. އަދި ޕޭޕަލްގެ ޓެސްޓިން މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ކުރީކޮޅެވެ.

މި ހިދުމަތް ރާއްޖެއަށް ގެނައުމަށް އުރީދޫ އަށް ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނީ 2024ގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ޒަމާނީ އޮންލައިން ޕޭމެންޓް ސިސްޓަމްތައް ހިމެނޭހެން އީވޮލެޓް ތާއާރަފްކުރުމާއި، މާލީ މުޢާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދޭންފެށީ ޕޭޕަލް އާއި އުރީދޫ އާ ދެމެދު ޤާއިމުކޮށްފައިވާ ސީމްލަސް އިންޓަގްރޭޝަންގެ ތެރެއިން އުރީދޫ އެމް-ފައިސާ މެދުވެރިކޮށެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ޤާއިމުކުރުމާއެކު މިހާރު ރާއްޖެ ހިމެނިގެން ދަނީ މި ސަރަޙައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިޤްޠިޞާދުތަކުގެ ލިސްޓުގައެވެ.

ކޮމެންޓް
ފަހުގެ
HDC