
ބީއެމްއެލްގެ ޑޮލަރު ޑެބިޓް ކާޑަށް އަލަށް އެޕްލައިކުރާ ފަރާތްތަކަށް ބޮޑު އިނާމެއް ހޯދުމުގެ ރަން ފުރުޞަތެއް!
# ބޭންކް އޮފް މޯލްޑިވްސް-
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު ޑެބިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން، ކޮންމެ ހަފުތާއަކު 1،000 ޑޮލަރުގެ އަގުހުރި ފައިސާގެ އިނާމެއް ހޯދުމުގެ ފުރުޞަތު އޮތް ބޮޑު ޕްރޮމޯޝަނެއް ޤައުމީ ބޭންކުން ރަސްމީކޮށް ފަށައިފިއެވެ.

ކަސްޓަމަރުންގެ މެދުގައި ބޮޑު ތަރުޙީބެއް ލިބޭނެ ކަމަށް ބެލެވޭ މި ޚާއްޞަ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބީއެމްއެލްއިން މަޢުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރާ ކަސްޓަމަރުންނަށެވެ. އަލަށް ނަގާ ކާޑު އެކްޓިވޭޓްކުރުމަށްފަހު، އެ ކާޑު ބޭނުންކޮށްގެން މަދުވެގެން 100 ޑޮލަރުގެ މުޢާމަލާތެއް ކުރުމުން އޮޓޮމެޓިކުން މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ޑޮލަރު ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ވެބްސައިޓްތަކުންނާއި ފިހާރަތަކުން ވިޔަފާރިކުރުމާއި، އެކިއެކި އޮންލައިން ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ޓިކެޓް ނެގުމުގެ އިތުރުން ތަފާތު ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާ ދައްކައިގެންވެސް ޝަރުޠު ހަމަވާނެ ކަމަށް ބޭންކުން ބުނެއެވެ.
ގުޅުންހުރި

ބީއެމްއެލްގެ ޑޮލަރު ޑެބިޓް ކާޑަށް އަލަށް އެޕްލައިކުރާ ފަރާތްތަކަށް ބޮޑު އިނާމެއް ހޯދުމުގެ ރަން ފުރުޞަތެއް!

ބޭންކް ފަންޑުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމްކޮށްފި

ފުރަތަމަ ކުއާޓާގައި ބީއެމްއެލުން ޓީޓީ ހެދުމަށް 100 މިލިއަން ޑޮލަރު ވިއްކައިފި




