
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބީއެމްއެލުން އަލަށް ޤާއިމުކުރި 90 އޭޓީއެމްގެ ހިދުމަތް އިފްތިތާހްކޮށްފި: 70 އޭޓީއެމްއަކީ ޑޮލަރު އޭޓީއެމް!
# ބޭންކް އޮފް މޯލްޑިވްސް-
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ޕަބްލިކް ލިމިޓަޑް ކޮމްޕެނީއިން ޤާއިމުކުރި އައު ބްރާންޗް ނެޓްވަރކާއި، އެ ބޭންކުން އަލަށް ޤާއިމުކުރި އޭ.ޓީ.އެމްތަކުގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި މިރޭ އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބީ.އެމް.އެލްގެ އައު ބްރާންޗް ނެޓްވަރކް، 6 ރަށެއްގައި އެއް ވަގުތެއްގައި އިފްތިތާޙުކޮށްދެއްވާފައެވެ. ހަމަމިއާއެކު އެމަނިކުފާނު ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބީ.އެމް.އެލްއިން އަލަށް ޤާއިމުކުރި 90 އޭ.ޓީ.އެމްގެ ޚިދުމަތްވެސް އިފްތިތާޙުކޮށްދެއްވާފައެވެ. މިރޭ، އެއް ވަގުތެއްގައި އެމަނިކުފާނު އިފްތިތާޙުކޮށްދެއްވީ 70 ޑޮލަރު އޭ.ޓީ.އެމްއާއި ދިވެހި ރުފިޔާގެ 20 އޭ.ޓީ.އެމްގެ ޚިދުމަތެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއްދެއްވާ ކަމެކެވެ. އެގޮތުން، މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވީހާވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު އިސްނަންގަވައިގެން ވަނީ ކާމިޔާބު މަޝްރޫޢެއް ކުރިއަށްގެންދަވާފައެވެ.
އެގޮތުން ކުރިއަށްގެންދެވުނު "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" މަޝްރޫޢު ރަސްމީކޮށް ނިންމާލާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން އެއް ސެލްފް ސަރވިސް ބޭންކިންގ ޔުނިޓް (އޭ.ޓީ.އެމް)ގެ ޚިދުމަތް ކަށަވަރުކުރުމަށްޓަކައި، އެންމެ 9 މަސްދުވަހުގެ ތެރޭގައި ހިންގެވި މުހިންމު މަޝްރޫޢެކެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ސެލްފް ސަރވިސް ބޭންކިންގ، އޭ.ޓީ.އެމް ޤާއިމުކޮށް، އެ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ސަބަބުން، ރަށުގައި ތިއްބަވައިގެން ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި އަދި ކްރެޑިޓް ކާޑާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ޚިދުމަތްތައް، ފަސޭހައިން ލިބޭނެގޮތް މިހާރުވަނީ ހަމަޖެހިފައެވެ.
ބީ.އެމް.އެލްގެ ބްރާންޗް އަދި އޭ.ޓީ.އެމް ވިއުގަ ފުޅާކޮށް އިފްތިތާޙްކުރުމަށް މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި، ބީ.އެމް.އެލްގެ އިސްވެރީންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
ގުޅުންހުރި

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބީއެމްއެލުން އަލަށް ޤާއިމުކުރި 90 އޭޓީއެމްގެ ހިދުމަތް އިފްތިތާހްކޮށްފި: 70 އޭޓީއެމްއަކީ ޑޮލަރު އޭޓީއެމް!

މިދިޔަ އަހަރަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ގައުމަށް ފައިދާހުރި ގިނަ މަޝްރޫޢުތަކާއެކު ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވުނު އަހަރެއް!

ބީއެމްއެލް ހިއްސާގެ ފައިދާ އަހަރީ އާންމު ޖަލްސާގައި ބަހަން ނިންމައިފި

.gif&w=3840&q=75)



