logoEN
WAMCO TOP 1
ބޭންކް ފަންޑުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމްކޮށްފި

ބޭންކް ފަންޑުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމްކޮށްފި

# ބޭންކް އޮފް މޯލްޑިވްސް# ބ.އޭދަފުށި

ބޭންކް ފަންޑުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމްކުރި ޑިޖިޓަލް ސްޓޫޑިއޯގައި ދަރިވަރުން-

މިދިޔަ އަހަރު ބޭންކް ފަންޑު ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާ އިން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިންގް ލެބް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައިފި އެވެ.

THE TRAVELLER AD

ބީއެމްއެލް އިން ބުނީ މި ފަންޑުން ފޭލި ޖަމިއްޔާއިން ލެބް ތަރައްގީކޮށްފައިވަނި 2 ކްލާސްރޫމެއް ހިމެނޭ ގޮތައް ކަމަށެވެ. އަދި މިތަން ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްސް އާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިންގް ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތައް ކަމަށް ބީއެމްއެލުން ބުންޏެވެ.

މީގެއިތުރުން ދެން ގާއިމްކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގަ އެވެ. އަދި މި ސްޓޫޑިއޯގައި ސްކޫލުގެ ދަރިވަރުންގެ ފޮޓޯގްރަފީ، ވީޑީއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޓްރެއިނިންގް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ފޭލި ޖަމިއްޔާއިން މި ސްކޫލުގައި ކުރިން ހިންގި ވޮކޭޝަނަލް ޓްރެއިނިންގް ލެބް އިތުރަށް ތަރައްގީކޮށް ކާޕެންޓްރީ ބައެއް ހިމަނާ، ބޭނުންވާ ވަޑާން ސާމާނާއި، ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކާއި، ސަލާމަތީ ގޮތުން ބޭނުންކުރާ ވަސީލަތްތައް ހިމަނާފައިވެ އެވެ. އަދި ފެހުމުގެ ބައެއް ތަރައްގީކޮށް، ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވާ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކަށް ދަރިވަރުންނަށް ބޭނުންވާ ޓްރެއިނިންގް ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.ބޭންކް ފަންޑަކީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް މުޖުތަމައުގެ ކުރިއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ. މި ގްރާންޓުން ހޮވޭ 5 ޖަމިއްޔާއަކަށް ޕްރޮޖެކްޓްތައް ހިންގުމަށް ބީއެމްއެލުން 200،000 ރުފިޔާގެ އެހީ ފޯރުކޮށްދެ އެވެ.

ކޮމެންޓް
ފަހުގެ
HDC